މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭދަފުށީ ކައުންސިލްގެ އިދާރާއާއި، އިދާރާގެ ބެލުމުގެ ދަށުގައިވާ ޢިމާރާތް ތަކުގައި ހަރުކޮށްފައިވާ އެއަރކޮންޑިޝަންތައް ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަގު (ކޯޓޭޝަން) ހުށަހެޅުމަށް ހުޅުވާލުން

މިކައުންސިލްއާއި، މިކައުންސިލްގެ ބެލުމުގައި ދަށުގައިވާ ޢިމާރާތް ތަކުގައި ހަރުކޮށްފައިވާ އެއަރކޮންޑިޝަންތައް ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިކަމަށް އެދި ކޯޓޭޝަން ހުށައަޅުއްވާއިރު ކޮންމެ ފަރާތަކަށްވެސް ހުށައެޅޭނީ އެންމެ ކޯޓޭޝަންއެކެވެ. ގަޑިޖެހުމަށްފަހު ހުށައަޅުއްވާ ކޯޓޭޝަންތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަ ނުވާ ކޯޓޭޝަންތައް ބާޠިލްވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                  ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2024 ސެޕްޓެމްބަރ 19 ވާ ބުރާސްފަތި ދުވަހުގެ 11.00 ގައި މިއިދާރާއަށް މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ޖުމާން 9999038 ފޯނާއި ގުޅުއްވުން އެދެމެވެ.

17 ސެޕްޓެންބަރު 2024
ހޯދާ