މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ރަސްމީ ވެބްސައިޓް ހެދުން

މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މި އިދާރާގެ ވެބްސައިޓް ޑިޒައިންކޮށް ތަރައްޤީކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޯށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ކަރުދާހާއި އަދި ތިރީގައިވާ ޠާވަލާ އެއްގޮތަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑި:

24 ސެޕްޓެމްބަރ 2024

އަންގާރަ

14:00

އަންދާސީހިސާބު ހުށަހެޅުން އަދި ހުޅުވުން:

03 އޮކްޓޫބަރ 2024

ބުރާސްފަތި

13:30

 

  1. ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.
  1. މަތީގައި ބަޔާންކޮށްފައިވާ ބީލަން ރެޖިސްޓްރޭޝަން މަޢުލޫމާތު މި އިދާރާއަށް ލިބުނުކަން ކަށަވަރުކުރުމަކީ ބީލަންވެރީންގެ ޒިންމާއެކެވެ.
  2. ބީލަން ތައްޔާރުކުރަންވާނީ މި މި ކައުންސިލުން ފޯރުކޮށްދޭ މައުލޫމާތު ކަރުދާހާ އެއްގޮތަށެވެ.
  3. މި ބީލަމާ ގުޅޭގޮތުން އިތުރު ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 30 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
  4. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީހިސާބާއި، ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް އަދި މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.
  • އިތުރުމަޢުލޫމާތު ސާފުކުރުމަށް info@veyvah.gov.mv  އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށް 6720035، 9757801 އަށް ގުޅުއްވުން އެދެމެވެ.
17 ސެޕްޓެންބަރު 2024
ހޯދާ