މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
(ތިނެއް) ލައިވް ސްޓްރީމް ކެމެރާ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

  1. މިއިދާރާގެ ނަންބަރ (IUL)227-AD-PM/227/2024/41  : 03(ތިނެއް) ލައިވް ސްޓްރީމް ކެމެރާ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން 12 ސެޕްޓެމްބަރ 2024ވަނަ ދުވަހު ކުރެވުނު އިޢުލާނާއި ގުޅިގެން ހުށައަޅާފައިވާ ކޯޓޭޝަންތައް މި އިދާރާއިން އަންދާސާ ކުރިވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާތިލްކޮށް، މި މަސައްކަތަށް ކޯޓޭޝަން ހުށައެޅުމުގެ ފުރުސަތު އަލުން ހުޅުވައިލަމެވެ. ވީމާ، މިމަސައްކަތަށް ކޯޓޭޝަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިދާރާގެ ވެބްސައިޓުން (shaviyani.gov.mv)  އަދި ދިވެހި ސަރުކާރުގެ ގެޒެޓުން (  gazette.gov.mv) ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

  3. މި މަސައްކަތާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.

  4. ކޯޓޭޝަން ހުށައެޅުން އޮންނާނީ  ‏2024‏ ސެޕްޓެމްބަރ‏ 22ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00ގައި މިއިދާރާގައެވެ. އީމެއިލް އަދި ފެކްސް މެދުވެރިކޮށް ހުށައެޅޭ ކޯޓޭޝަންތަކާއި ކަނޑައެޅިފައިވާ ތާރީޚާއި ގަޑީގެ ކުރިން ހުށައެޅޭ ކޯޓޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.

  5. ހުށައަޅާ ކޯޓޭޝަންތައް ވަޒަންކުރާނޭ މިންގަނޑާއި، ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.

  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ މިނިވަންހިނގުން، ށ.ފުނަދޫ، ދިވެހިރާއްޖެ.

ފޯން:       6540400، 6540463

އީމެއިލް:     projects@shaviyani.gov.mv

ކޮޕީ:        ibrahim.afsal@shaviyani.gov.mv

 

 

‏17‏ ސެޕްޓެމްބަރ‏ 2024

17 ސެޕްޓެންބަރު 2024
ހޯދާ