ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިތަކުގެ ވިނަ ނޮޅައި ގޯތި ސާފުކޮށް އިންފާރުރާނާ ބޭވުމަށް އެންގުން

އިޢުލާން

       ތިނަދޫ ސިޓީގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްތިތައް ދިގު މުއްދަތަކަށް ބަލަހައްޓާފައި ނުވާކަން ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވެއެވެ. މި ގޯތިތައް ސާފުނުކޮށް، އިންފާރު ނުރާނައި، އަދި ވަރަށް ބޮޑަށް ވިނަ ހެދިފައިވާކަން ފާހަގަކުރެވެއެވެ. މީގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، އެކަމުގެ ޝަކުވާ ކައުންސިލަށް މެދުނުކެނޑި ލިބެމުންދާކަން ވެސް ފާހަގަކުރަމެވެ. އެހެންކަމުން، މި ގޯތިތައް ޙަވާލުކޮށްފައިވާ ފަރާތްތަކަށް، ނުވަތަ ވެރިފަރާތް ނިޔާވެފައިވާނަމަ އެ ފަރާތުގެ ވާރިޘުންނަށް، ގޯތި ސާފުކުރުމަށް އަންގަމެވެ. ގޯތި ސާފުކޮށް، ވިނަ ނޮޅައި، އަދި އިންފާރު ރާނައި ބެލެހެއްޓުމަކީ ގޯތީގެ ވެރިފަރާތް ނުވަތަ ވާރިޘުންގެ ޒިންމާއެކެވެ. މި އެންގުމުގެ ތާރީޚު ކަމުގައިވާ 17 ސެޕްޓެމްބަރ 2024 އިން ފެށިގެން 7 ދުވަހުގެ ތެރޭގައި ގޯތި ސާފުކޮށް ނުނިމޭނަމަ، ކައުންސިލުން ގޯތި ވަކިކުރުމުގެ އިޖުރާއަތުތައް ފަށާނެ ވާހަކަ ދަންނަވަމެވެ. ތިރީގައި މި ދެންނެވި ގޯތިތަކުގެ ތަފްޞީލު ބަޔާންކޮށްފައި އެވަނީއެވެ.

ބްލޮކް ނަމްބަރ H-13

ގޯތީގެ ނަން

ގޯތީގެ ނަންބަރ

ގޯތި ދޫކޮށްފައިވާ ފަރާތުގެ ނަން

ގޯތި ދޫކޮށްފައިވާ ފަރާތުގެ ދާއިމީ އެޑްރެސް

މާހީވިލާ

H-13/02

ޙުސައިން ރިފާއު

ރެޑްގާޑަން، ގދ. ތިނަދޫ

ލާލްޕޫލް

H-13/03

މުސްތަފާ ޙަސަން

ދަފްތަރު ނަންބަރ 2399، ކ. މާލެ

ހައޮޑިގަލާ

H-13/04

މުޙައްމަދު ރަޝާދު ޙުސައިން

މާކޯނި، ގދ. ތިނަދޫ

ގްރީންޕާރކް

H-13/06

ޙުސައިން ދީދީ

ކަނޑޫމާގެ، ގދ. ތިނަދޫ

ދަޢުޙާ

H-13/08

މުޙައްމަދު ޝަރީފް

ސްނޯބޯލް، ގދ. ތިނަދޫ

ރިޙާބް

H-13/11

އަލްމަރްހޫމް އިބްރާހީމް އަޝްރަފް

ހުޅަނގުގެ، ގދ. ތިނަދޫ

ރަމަތަ

H-13/12

ސަލްވާ ހަސަން

އޯކިޑްމާގެ، ގދ. ތިނަދޫ

މިހެންވެ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެއެވެ.

17 ސެޕްޓެންބަރު 2024
ހޯދާ