ދިވެހިރާއްޖެ
ނަންބަރު:(IUL)303-EDMS/303/2024/71
އިޢުލާން
މަރުޙޫމް ޑރ އަފްރާޝީމް އަލީގެ ހަނދާނުގައި ބާއްވާ ޤުރުއާން މުބާރާތާ ގުޅޭ
މިކައުންސިލުން އިންތިޒާމް ކޮށްގެން، އަލްމަރްޙޫމް ޑރ. އަފްރާޝީމް ޢަލީގެ ހަނދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތް 2024 އޮކްޓޫބަރ 17 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ މިމުބާރާތުގައި ބައިވެރިވެލެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2024 އޮކްޓޫބަރ 8 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން ތިރީގައިވާ ގޫގަލް ފޯމް ނުވަތަ އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މެއިލް ކުރައްވާނަމަ ކައުންސިލްގެ info@ungoofaaru.govmv އަށް މެއިލް ކުރެއްވުން އެދެމެވެ.
ގޫގަލްފޯމްލިންކް: https://www.voshufila.com/63/participate