މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

ރ. އަތޮޅުކައުންސިލުން ބޭވުމަށް ނިންމާފައިވާ ވޮލީމުބާރާތާއި ހޭންޑްބޯލް މުބާރާތް ހޯސްޓްކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

              ސުރުޚީގައި ދެންނެވިފައިވާ ދެ މުބާރާތް މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތުތަކާއެއްގޮތަށް ހިންގައިދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. މި ދެމުބާރާތް ހިންގައިދޭނެ ފުރުޞަތު ހުޅުވާލެވިފައިމިވަނީ ރ. އަތޮޅުގެ ރަށުކައުންސިލްތަކާއި ރ. އަތޮޅުގެ ކުލަބު ޖަމުޢިއްޔާ ޖަމާޢަތްތަކަށް ކަމުގައި ދަންނަވަމެވެ. އަދި ދަންނަވަމެވެ. ކުލަބުޖަމުޢިއްޔާ ޖަމާއަތަކުން މި ދެމުބާރާތް ހިންގައިދިނުމަށް އެދި ޕްރޮޕޯސަލް ހުށައަޅުއްވާއިރު އެރަށެއްގައި އެޖަމާޢަތަކުން މަތީގައި ބަޔާންކުރެވުނު މުބާރާތްތައް ހިގުމާމެދު ރަށުކައުންސިލްގެ އިޢުތިރާޒެއް ނެތްކަމުގެ ސިޓީއާއިއެކު ހުށައެޅުއްވުން އެދެމެވެ. 

              ވީމާ، މި ދެމުބާރާތް ހިންގައި ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިއުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ޕްރޮޕޯސަލް ރެޖިސްޓްރޭޝަން ފޯމު ފުރިހަމަކުރަށްވާ 19 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މިއިދާރާ މެއިލްކޮށްދެއްވުން އެދެމެވެ. އަދި ޕުރޮޕޯސަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ 23 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހުގެ 13:00 ށް މި އިދާރާއަށެވެ. ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކޮށް ހުށަނާޅުއްވާ ފަރާތްތަކަށް ޕުރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަދަންނަވަމެވެ.

              ޕްރޮޕޯސަލް ހުށައެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިބޭފުޅަކީ ކާކުކަން އެނގޭގޮތަށް އެ ޕްރޮޕޯސަލް ހުށައަޅުއްވާ ތަނެއްގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއަކާއި ފޮނުއްވާ ބޭފުޅެއްގެ އައިޑީކާޑުގެ ކޮޕީ ހިއްޕަވައިގެން ވަޑައިގެންދެއްވުންއެދެމެވެ.

              އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 7556336 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

14 ރަބީޢުލް އައްވަލް 1446 

17 ސެޕްޓެންބަރު 2024
ހޯދާ