ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ތ. ކަނޑޫދޫ ޞިއްޙީމަރުކަޒު ހިންގުމަށް އިމާރާތެއް ކުއްޔަށް ހިފުމާބެހޭ

       ކަނޑޫދޫ ޞިއްޙީމަރުކަޒްގެ ޚިދުމަތް ދިނުމަށް ވަގުތީގޮތުން ކުއްޔަށް ހިފާފައިވާ އިމާރާތުގެ، އެއްބަސްވުމުގެ މުއްދަތު 23 އޮކްޓޯބަރ 2024 އަށް ހަމަވާތީވެ، ޚިދުމަތް ދިނުމަށް އިމާރާތެއް ކުއްޔަށް ނެގުމަށް ބޭނުންވެ އެވެ.

            ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ސެޕްޓެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށް މިމަރުކަޒަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 26 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިމަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

            އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިމަރުކަޒުގެ ނަމްބަރ 6780020 އަށް ގުޅުއްވުން އެދެމެވެ.

18 ސެޕްޓެންބަރު 2024
ހޯދާ