ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ ޚިދުމަތްތެރިން ޚިދުމަތަށް ނެރުމުގެ އުޞޫލު 2024 އާންމު ކުރުމާއި ގުޅިގެން ދަފުތަރު އެކުލަވާލުމަށް ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

 

ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ ޚިދުމަތްތެރިން ޚިދުމަތަށް ނެރުމުގެ އުޞޫލު 2024 އާންމު ކުރުމާއި ގުޅިގެން ދަފުތަރު އެކުލަވާލުމަށް ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

ކްލެސިފިކޭޝަން

މަޤާމުގެ ރޭންކު

މުސާރަ:

މަހެއްގެ މައްޗަށް ޖުމްލަ ދެވޭނެ އުޖޫރައިގެ މިންވަރު

ދުވާލަކަށް ދެވޭނެ އުޖޫރައިގެ މިންވަރު

1 (އެކެއް) ގަޑިއިރަށް ދެވޭނެ އުޖޫރައިގެ މިންވަރު

ކައުންސިލް އެސިސްޓެންޓް

ސަޕޯރޓް ސްޓާފް ގްރޭޑް 1

އެސް.އެސް. 1

7217.00

240.57

40.09

އެސިސްޓެންޓް ކައުންސިލް އޮފިސަރ

އޮފިސަރ ގްރޭޑް 1

ޖީ.އެސް. 3

8227.75

274.26

45.71

ކައުންސިލް އޮފިސަރ

ސީނިއަރ އޮފިސަރ ގްރޭޑް 1

އެމް.އެސް. 1

10273.50

342.45

57.08

 

އެހެނިހެން އެލަވަންސްތައް:

ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ ގިންތި:

ވޭޖް އެމްޕްލޯއިމަންޓް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ

 

ކައުންސިލް އެސިސްޓެންޓް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް، ކަނޑައަޅާ މިސްކިތެއްގައި އިދާރާއިން އަންގާ ގޮތެއްގެ މަތިން މަސައްކަތް ކުރުން.
  2. ކައުންސިލްގެ އިދާރާއިން އިންތިޒާމްކުރާ ގޮތެއްގެމަތިން ކޮންމެ ނަމާދެއްގެ ވަގުތުގެ ކުރިން މިސްކިތަށް ގޮސް މިސްކިތް ފޮޅާ ސާފުކުރުމާއި ފާޚާނާއާއި އިސްކުރުބަރި ދޮވެ ސާފުކުރުން.
  3. ކައުންސިލްގެ އިދާރާއިން އިންތިޒާމްކުރާ ގޮތެއްގެމަތިން، މިސްކިތުގެ ގޯތި ތެރެއާއި މިސްކިތާއި އިންވެގެން ހުންނަ މަގުތަކުގެ މިސްކިތާވީފަޅި ކުނިކެހުމާއި ވިނަ ނޮޅުމާއި ކުނި އުކާލުމުގެ މަސައްކަތް ކުރުން.
  4. މިސްކިތުގެ ވަޅު ހަޑިވިޔަނުދީ ދިޔަހިއްކާ ސާފުކޮށް ބެލެހެއްޓުން.
  5. މިސްކިތުގެ ބިއްލޫރި ލެވިފައިވާ ތަންތަނާއި ހޮޅިބުރި، ފަންކާ ކަބަޑުތައް ފޮޅާ ސާފުކުރުން.
  6. މިސްކިތުގެ ފަންކާތަކާއި އޭސީތައް ހަޑިވިޔަ ނުދީ ސާފުކޮށް ބެލެހެއްޓުން.
  7. މިސްކިތުގެ ހޮޅިބުރިތަކާ ފަންކާތައް ދިއްލުމާއި ނިއްވުން.
  8. ކައުންސިލްގެ އިދާރާއިން ހަމަޖައްސާގޮތެއްގެ މަތިން މިސްކިތުގެ ގޯތިތެރޭގައި ގަސް އިންދާ، ގަސްތައް ކޮށާ، ގަސްތަކަށް ފެންދީ ބެލެހެއްޓުން.
  9. ކައުންސިލް އިދާރާގެ ގޯތިތެރެ ކުނިކަހާ ސާފުކުރުން.
  10. ކައުންސިލްގެ އިދާރާ ސާފޮކޮށް ނަގާ ކުނި ރައްކާތެރިކަމާއެކު ނައްތާލުން.
  11. ކައުންސިލްގެ އިދާރާގެ ޢިމާރާތުގެ ދޮރުތަކާއި ދޮރުފޮތްތައް ހަޑިވިޔަނުދީ ފޮޅާ ސާފުކުރުން.
  12. ކައުންސިލްގެ އިދާރާގެ އެތެރެ ކުނިކަހާ ސާފުކުރުމަށްފަހު މޮޕްލުން.
  13. ކައުންސިލްގެ އިދާރާގައި ބޭނުންކުރަމުންދާ ކޮމްޕިއުޓަރ، ފޮޓޯކޮޕީ މެޝިންފަދަ ތަކެތި ހިރަފުސްވިޔަނުދީ ފޮޅާ ސާފުކުރުން.
  14. ކައުންސިލްގެ އިދާރާގައި ބޭނުންކުރާ ފަންކާތަކާއި ދިއްލުމަށް ބޭނުންކުރާ ތަކެތި ހިރަފުސްވިޔަނުދީ ފޯޅާ ސާފުކުރުން.
  15. ކައުންސިލްގެ އިދާރާގެ ގޯތިތެރޭގައި ބަގީޗާ ހައްދާ، އަދި އިދާރާގެ ގޯތިތެރޭގައިވާ ގަސްތަކާއި ބަގީޗާތައް ފެންޖަހާ، ބެލެހެއްޓުން.
  16. ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ޢިމާރާތްތަކާ ގޯތިތައް ބެލެހެއްޓުމުގެ ގޮތުން އިދާރާއިން އަންގާ މަސައްކަތްތައްކުރުން.
  17. ސަރުކާރުގެ އިދާރާތަކާއި އެކިއެކި ފަރާތްތަކަށް ކައުންސިލްގެ އިދާރާއިން ޙަވާލުކުރަންޖެހޭ ލިޔެކިޔުންތަކާއި، އެނޫންތަކެއި ޙަވާލުކުރުމާއި، ޢިއުލާން ހިއްޕުން.
  18. ސެކްރެޓަރީ ޖެނެރަލް ނުވަތަ ޔުނިޓްގެ ވެރިން އަންގަވާ ގޮތެއްގެ މަތިން، ރަށަށް ވަޑައިގަންނަވާ ވަފްދުތަކުގެ ދަތުރުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  19. ކައުންސިލްގެ ފަރާތުން ބާއްވާ ޖަލްސާތަކަށާއި ބައްދަލުވުންތަކަށް ތަން ތައްޔާރުކުރުން.
  20. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒު ކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  21. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ،އެފަދަ ނިންމުންތައް ތަންފީޒު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަން އެންގުން

ނޯޓް:

ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ

ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ

ސްކްރީނިންގ މަރުހަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާ އޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ފޮޅާ ސާފުކުރުން

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • ނެތް

އެސިސްޓެންޓް ކައުންސިލް އޮފިސަރ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޑިޕާރޓްމެންޓަށް ލިބޭ ސިޓީ މެސެޖްތަކަށް ޤަވާއިދާއި އެއްގޮތަށް ތެދުމަޢުލޫމާތު އެއްކޮށް ޑިޕާޓްމަންޓްގެ ވެރިޔާގެ އިރުޝާދުގެ ދަށުންޑިޕާޓްމަންޓަށް ލިބޭތާ 03 ދުވަހުގެ ތެރޭގައި ޖަވާބުފޮނުވުން، ކައުންސިލަށް ހުށަހަޅައިގެން ޖަވާބު ހޯދަންޖެހޭ ސިޓީތަކަށް ޑިޕާޓްމަންޓުގެ އިސްވެރިޔާ މެދުވެރިކޮށް ކައުންސިލް ބިއުރޯއަށް ހުށަހަޅާ ކައުންސިލް ބިއުރޯ އިން ޖަވާބު ލިބޭތާ 02 ދުވަސް ތެރޭ ސިޓީ މެސެޖްތަކަށް ޖަވާބު ތައްޔާރުކޮށް ފޮނުވުން.
  2. އަލަށް އުފަންވާ ކުދީންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި ރަށުގެ ތަފާސް ހިސާބު ނަގައި ބެލެހެއްޓުމާއި ރަށުގެ ރަށްވެހީގެން ރަޖިސްޓްރީގައި ރަށްވެހިވެފައިވާ މީހުންނާއި، ރަށްވެހި ނުވެ ދިރިއުޅެމުންގެންދާ މީހުންނާއި، އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑް ހެދުމާއި އުފަންދުވަހުގެ ސެޓްފިކެޓްތައް ހަދާ މިކަމާއި ގުޅިގެން އިދާރީގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  3. ނުކުޅެޅެދުންތެރިކަން ހުންނަ ކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ ރެކޯޑްތައް ޤަވާއިދުން ބަލަހައްޓައި އަދި ނުކުޅެދޭ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަޢުލޫމާތްތައް ކަމާއިބެހޭ ފަރާތްތަކަށް ފޮނުވުމާއި އެމީހުންނާއިބެހޭ ދަފުތަރު ބެލެހެއްޓުމާއި އެ  މީހުންގެ މަޢުލޫމާތްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން. އަދި އަލަށް 65 އަހަރު ވާ މީހުންނާއި 65 އަހަރުން މަތީ މީހުންގެ ތެރެއިން ނިޔާވާ މީހުންގެ މަޢުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުން އަދި ކަމާއިބެހޭ ފަރާތްތަކަށް މަޢުލޫމާތު ޤަވާއިދުން ފޮނުވުން.
  4. ފައިސާއާއި ބެހޭ މަސައްކަތްތަކުގައި ވިޔަމޮޑިއުލްގެ ހަވާލުކުރެވޭ ރޯލް އަދާކުރުން އަދި ސެކްޝަންގެ މުވައްޒަފަކު ޗުއްޓީ ނަގާފި ނަމަ ސްޕަވައިޒަރ އަންގާ ގޮތެއްގެ މަތިން  އެ މުވައްޒަފެއްގެ މަސައްކަތާއި ޙަވާލުވެ ކުރުން.
  5. ކައުންސިލް އިދާރާއިން ހިންގާ އެކިއެކި ޕްރޮގްރާމްތަކާއި ހަރަކާތްތަކުގައި ކްލަބު ޖަމްޢިއްޔާތައް ބައިވެރިކޮށް ހެދުމާއި މި ފަދަ ފަރާތްތަކާއި ގުޅިގެން ކޮންމެ އަހަރަކު ކުޅިވަރު ކަލަންޑަރެއް އެކުލަވާލުމާއި މި ކަލަންޑަރާއި އެއްގޮތަށް ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފަންނީ ޤާބިލްކަމާއި މާލީ ޤާބިލްކަން އިތުރުކުރުމަށް ހަރަކާތްތަކެއް ކަނޑައެޅުމާއި މިކަމާއި ގުޅޭ ޕްލޭން ހަދާ ހިންގުން.
  6. މަސްވެރިކަމުގެ ލައިސަންސާއި ސަލާމަތީ ސެޓްފިކެޓާއި ސާފުތާހިރުކަމުގެ ސެޓްފިކެޓާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި އެކަމާއި ގުޅިގެން ކަމާއިބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ ޑޮކިއުމަންތްތައް ފޮނުވުމާއި މި ދެންނެވި ޑޮކިއުމަންޓްތައް ޤަވާއިދުން ފައިލްކޮށް ބެލެހެއްޓުން.
  7. ސައި ހޮޓާތަކާއި ރެސްޓޯރަންޓްތަކާއި ފިހާރަތަކާއި ބެހޭ ގޮތުން ކައުންސިލަށް ހުށަހެޅޭ ޝަކުވާތައް ބަލައި އެކަންކަމާއި ގުޅިގެން އަޅާންޖެހޭ ފިޔަވަޅުތައް އެޅުން.
  8. ރަށުގައި އުޅޭ ބިދޭސީންގެ މަޢުލޫމާތު ދަފްތަރުކޮށް ބެލެހެއްޓުން އަދި ކަމާއި ބެހޭ ފަރާތްތަކަށް އެމަޢުލޫމާތު ޙިއްސާކުރުން.
  9. އިޖުތިމާޢި ސަރަހައްދުތައް ސާފުތާހިރުކޮށް ބެލެހެއްޓުން އިންތިޒާމްކޮށް އެމަސައްކަތު މުވައްޒަފުން މޮނިޓަރކޮށް ބެލެހެއްޓުން.
  10. ކުނިމެނޭޖްކުމުގެ މަސައްކަތް ހެދިފައިވާ ޕްލޭނާއި އެއްގޮތަށް ކުރިއަށް ގެންދިއުމާއި އަދި ކުނިމެނޭޖް ކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުން. އަދި ކުނިމެނޭޖް ކުރުމުގެ ނިޒާމްގެ މުވައްޒަފުން މޮނިޓަރކޮށް ބެލެހެއްޓުން.
  11. ރަށުގެ މުނިސިޕަލް ދާއިރާގެ އެންމެހާ ކަންކަން ވިލަރެސްކުރުވައި، އަދި އެޚިދުމަތް ދިނުމަށް ތިއްބަވާ މުވައްޒަފުންގެ މަސައްކަތްތައް ހިގާނުގިގާގޮތް ބަލައި ސްޕަވައިޒްކޮށް އިސްލާޙުކުރަންޖެހޭ ކަންކަން އިސްލާޙުކޮށް ނަތިޖާ ނެރެވޭގޮތަށް މަސައްކަތްތަކާއި ޕްރޮގްރާމްތައް އިންތިޒާމްކުރުވައި ހިންގުން. އަދި އެކިއެކި މިނިސްޓްރީތަކަށް ބޭނުންވާ ޢުމްރާނީ ތަރައްޤީއާއި ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމުގައި އިސްވެ ހަރަކާތްތެރިވުމާއި ޕީއެސް.އައި.ޕީ ޕްރޮޖެކްޓްތަކާ ގުޅިގެން ޑިޕާޓްމަންޓަށް ލިބޭ ސިޓީ މެސެޖްތަކަށް ޞައްޙަ މަޢުލޫމާތު އެއްކޮށް ސެކްޝަން މަސައްކަތްތައް އޯވަރސިސް ކުރައްވާ ކައުންސިލް މެމްބަރުގެ ލަފާގެ މަތީން ކައުންސިލުންދޭ ޖަވާބުތައް ތައްޔާރުކޮށް އެ ފަރާތްތަކަށް ފޮނުވުމާއި ފައިލްކުރަންޖެހޭ ލިޔެކިޔުންތައް ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން.
  12. ސެކްޝަނުގެ މަސައްކަތާއި ގުޅިގެން އަންނަ ސިޓީ މެސެޖްތަކާއި އަދި ފޮނުވާ ސިޓީ މެސެޖްތަކާއި ރިޕޯރޓް ތައް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި އާންމުކުރުން.
  13. ގެމަން، ވުނަ ޕޯޓަލް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  14. މިސްކިތް ބެލެހެއްޓުމުގެ މަސައްކަތް އިންތިޒާމްކޮށް ހުކުރުނަމާދާއި ޢީދު ނަމާދާއި އަދި ކޭތަ ނަމާދު ކުރުވުމުގެ އިންތިޒާމްތަކާއި މިސްކިތުގައި ދީނީ ދަރުސް ދިނުމުގެ ކަންކަން އިންތިޒާމްކޮށް ހަމަޖެއްސުން.
  15. ރަށުގެ ދިރިއުޅުމަށް ބަންޑާރަ ގޯތި ދިނުމުގެ މަސައްކަތް ކުރުމާއި ބިންބިމާއި ގުޅިގެން ކުރާ އެންމެހާ މުއާމަލާތްތަކާއި ގުޅޭ މަސައްކަތް ކުރުން. އަދި ބަނދަރު މަގުމަތީގައި ޤަވާއިދާއި ޚިލާފަށް މުދަލާއި ތަކެތި ބެހެއްޓުން ހުއްޓުވައި، އިޖްތިމާޢީ ގޮތުން ރައްޔިތުން ހުށަހަޅާ ޝަކުވާތައް ޑިޕާޓްމަންޓުގެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން މައްސަލަތަކަށް ހައްލު ހޯދައިދިނުން.
  16. ރަށްވެހިކަމުގެ ޚިދުމަތްތައް ކައުންސިލުން ދިނުމުގައި ހަދަންޖެހޭ ހުއްދަތައް ހަދައި ދޫކުރުމާއި ރައްވެހިކަމާއި ގުޅިގެން ކައުންސިލުން ހަދާ ޤަވާއިދުތަކާއި އުސޫލްތައް ހެދުމުގައި އިދާރީ ގޮތުން މަސައްކަތްކޮށް އެހީތެރިވެ ދިނުން. އަދި އެޤަވާޢިދު ތަކާއި އުޞޫލުތައް ތަންފީޒްކޮށް ނަގަހައްޓާ ދެމެހެއްޓުމަށް މަސައްކަތްކުރުން.
  17. މަގު ކޮނުމާއި މަގު ބަންދު ކުރުމާއި ބިމާއި ގުޅޭ ގޮތުން އެކި އެކި ފަރާތްތަކަށް ދޫކުރަންޖެހޭ ހުއްދަތައް ދޫކުރުމާއި މިފަދަ ކަންތައްތަކާއި ގުޅިގެން ހަދާ އުސޫލުތަކާއި އެއްގޮތަށް ހުއްދަ ދޫކުރުމާއި ޤަވާއިދާއި ޚިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ކައުންސިލަށް ހުށަހެޅުން.
  18. ދޮންވެލި ނެގުމާއި ކަށިވެލި ނެގުމާއިބެހޭ ގޮތުން ދޫކުރަންޖެހޭ ހުއްދަތައް ދޫކުރުމާއި އަދި މިކަމާއި ގުޅިގެން އަންނަ ޝަކުވާތައް ބަލައި ހަމަޖެހިފައިވާ އުޞޫލުތަކާއި އެއްގޮތަށް އެކަންކަން ހައްލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.
  19. ދުވަހު ޔައުމިއްޔާތަށް ތައްޔާރުކޮށް ދުވަހުން ދުވަހަށް ނިންމާ ބެލެހެއްޓުން.
  20. ކައުންސިލްގެ ބިއުރޯގެ އެންމެހާ މަސައްކަތްތައް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޝްވަރާއާއެކު ކައުންސިލްގެ ރައީސްގެ ލަފާގެމަތިން ޤާވާއިދާއި އެއްގޮތަށް ކުރުން.
  21. ކައުންސިލްގެ ފަރާތުން ބާއްވާ އެންމެހާ ބައްދަލުވުންތަކަށް ހޯލް ތައްޔާރުކުރުން.
  22. ޢާންމު ބައްދަލުވުންތަކާއި ކުއްލި ބައްދަލުވުންތަކުގެ އެޖެންޑާ ތައްޔާރުކޮށް ނިންމުންތައް ލިޔެ ޔައުމިއްޔާތައް ލިޔެ ފައިލްކޮށް ބެލެހެއްޓުން.
  23. ކައުންސިލުން އެކިއެކި ފަރާތްތަކާއި އެކު ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ އެބައްދަލުވުންތަކުގެ މަޢުލޫމާތު ބެލެހެއްޓުން.
  24. ކައުންސިލުން ނިންމާ ނިންމުންތަކާއި ކައުންސިލްގެ ޔައުމިއްޔާތަށް އެލް.ޖީ.އޭ އަށާއި އަތޮޅު ކައުންސިލަށް ޤަވާއިދުން ފޮނުވާ އެތަންތަނަށް ލިބުނުތޯ ބަލައި ކަށަވަރުކޮށް ރެކޯޑް ބެލެހެއްޓުން.
  25. އ.ތ.މ ކޮމިޓީގެ އާއްމު ބައްދަލުވުންތަކުގެ އެޖެންޑާ، ޔައުމިއްޔާ އަދި ނިންމުންތައް ތައްޔާރުކޮށް އާއްމުކުރުމާއެކު ލިޔެކުޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  26. ކައުންސިލް އިދާރާގެ ވެބްސައިޓްގައި ޝާއިރުކުރުމަށް ސެކްޝަންތަކުން ޙަވާލުކުރެވޭ ލިޔެކިޔުމާ ތަކެތި ސައިޓްގައި އާންމުކުރުމާއި، ވެބްސައިޓް ފަރުމާކޮށް ވެބްސައިޓް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  27. ކައުންސިލް އިންފޮމޭޝަން އޮފިސަރގެ ޒިންމާ އަދާކުރުން.
  28. ކައުންސިލާއި، ސެކްރެޓަރީ ޖެނެރަލް އަދި ޔުނިޓްގެ ވެރިޔާގެ ލަފާގެމަތިން ރަށުގެ ބިމާއިބެހޭ ބަޖެޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  29. ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން އަދި ރަށުގެ ލޭންޑް ޔޫސްޑް ޕްލޭނާ ތަޢާރަޟް ނުވާނޭ ގޮތުގެމަތިން ރަށުން ބިމާއި، ގޯތި ދޫކުރުމާއި، ބިމާއި،ގޯއްޗާއި، ޢިމާރާތްތައް ރަޖިސްޓަރީ ކޮށްދިނުމާއި، ގޯތި ގޯތީގެ އިމާބެހޭގޮތުން އިދާރާއަށް ހުށަހެޅޭ މައްސަލަތައް ކައުންސިލާއި، ސެކްރެޓަރީ ޖެނެރަލް އަދި ޔުނިޓްގެ ވެރިޔާގެ ލަފާގެމަތިން ޙައްލުކޮށްދީ އެކަންކަމުގެ ރެކޯޑްތައް ބެލެހެއްޓުން.
  30. ރަށުން ދޫކުރެވޭ ބިންބިމާއި، ގޯތި ގޯއްޗާއި، މަގުމަގާއި ގޯޅި ގޯޅީގައިހުންނަ ރުއްގަހުގެ ބަދަލުގެ އެންމެހައި ކަންކަން ޔުނިޓުގެ ވެރިޔާގެ ލަފާގެމަތިން ކޮށް، އޭގެ ރެކޯޑް ބެލެހެއްޓުން.
  31. ހެދިފައިވާ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތީން ރަށުގެ ކަރަންޓާއި، ފެނާއި، ފާޚާނާއާއި ނަރުދަމާ ނިޒާމް ފަދަ ޢާންމު ޚިދުމަތްތައް ދިނުމާގުޅޭ އިދާރީ ކަންކަން ބެލެހެއްޓުން.
  32. ދިވެހިރާއްޖޭގެ ޢިމާރާތްކުރުމުގެ ޤަވާޢިދުތަކާއި އުޞޫލްތަކާ އެއްގޮތްވާ ގޮތުގެމަތިން ރަށުގައި ޢިމާރާތްކުރުމުގެ ކަންކަން ބަލަހައްޓައި، އެކިއެކި ފަރާތްތަކުން ރަށުގެ ބިމާއި ގުޅޭގޮތުން ހިންގާ އެންމެހައި މުޢާމަލާތްތަކުގެ ރިކޯޑްތައް ބެލެހެއްޓުން.
  33. ރުއްގަހުގެ ރަޖިސްޓަރީ ބެލެހެއްޓުން.
  34. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުހެދުމުގެ ޚިދުމަތާގުޅިގެން އިދާރާއިން ކުރަންޖެހޭ ކަންކަން ކުރުން.
  35. ސުޕަވައިޒްކޮށް ބަލަހައްޓަންޖެހޭ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން.
  36. މީހުންގެ ނަން ބަދަލުކުރުމާބެހޭ އެންމެހައި ކަންތައްތައްކުރުން.
  37. އިދާރާގެ ރިސެޕްޝަން ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން.
  38. ކައުންސިލަށް ޖެމްސް، އީމެއިލް އަދި އެހެނިހެން ގޮތްގޮތުން ލިބޭ ލިޔެކިޔުންތަށް ބަލައިގަނެ އެންޓްރީ ބެލެހެއްޓުން.
  39. މުވައްޒަފުންގެ ޙާޒިރީ  ބެލެހެއްޓުމާބެހޭ އެންމެހައި ކަންކަން ކުރުމާއި ޙާޒިރީ ރިޕޯޓު ހެދުން.
  40. ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތީން ކައުންސިލް ޖަލްސާތަކުގެ އެޖެންޑާ ތައްޔާރުކުރުމާއި ފޮނުވުމާއި ޢާންމުކުރުން.
  41. ކައުންސިލުން ބާއްވާ ޖަލްސާތަކާއި ރަސްމިއްޔާތުތަކާއި ހިންގާ އެކިއެކި ޙަރަކާތްތަކުގެ ރެކޯޑް ބެލެހެއްޓުން.
  42. އޮފީހުން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތް ތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
  43. ކައުންސިލްގެ އިދާރާއިން ކަނޑައަޅާ އުޞޫލެއްގެ މަތިން ކައުންސިލްގެ އިދާރާ ހުޅުވައި ލެއްޕުން.
  1. ޗުއްޓީއަށް އެދޭ މުވައްޒަފުންގެ ޗުއްޓީ، ސްޕަވައިޒަރު އެޕްރޫވްކުރުމުން ޗިޓް ތައްޔާރުކޮށް މުވައްޒަފަށް ހަވާލުކުރުން އަދި ޕާސަނަލް ފައިލްގައި ފައިލްކޮށް ބެލެހެއްޓުން.
  2. ކޮންމެ މަހައްގެ 10 ވަނަ ދުވަހުގެ ކުރިން ފާއިތުވިމަހުގެ ހާޟިރީ ރިޕޯޓް ތައްޔާރުކޮށް ބެލެހެއްޓުން.
  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  2.  ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

މަޤާމުގެ ޝަރުޠުތައް:

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ޙާސިލުކޮށްފައިވުން. ނުވަތަ،
  2. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ·         އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • ނެތް

ޕްރިފަރޑް ޑިސިޕްލިން:

  • ނެތް

ކޯރ ޑިސިޕްލިން:

  • ނެތް

ކައުންސިލް އޮފިސަރ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ،އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ، އެންމެހާ ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  3. ޕްރޮކިއުމަންޓް ޕްލޭން އެކުލަވާލައި، ޕްރޮކިއުމަންޓް ޕްލޭން ތަންފީޒު ކުރަން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި ލިޔެކިޔުންތައް ފުރިހަމަ ކުރުމާއި ރިކޯޑް ރަނގަޅަށް ބެލެހެއްޓުން
  4. ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް އާއްމުކޮށް އިއުލާންކުރަންޖެހޭ މިންގަނޑުގެ މަސައްކަތްކުރުމާއި، ތަކެތި ގަތުމަށްޓަކާ ޢިއުލާނުކުރުމާއި، މަޢުލޫމާތު ކަރުދާސް އެކުލަވާލުމާއި، ބީލަން ފޮތް ތައްޔާރު ކުރުމާއި ބީލަމަށް މަޢުލޫމާތު ދިނުމާއި، ބީލަން ބަލައިގަތުން އަދި އިވެލުއޭޓް ކުރުމުގެ މަސައްކަތް ޑިޕާރޓްމަންޓްގެ ވެރިޔާ ނުވަތަ ސެކްރެޓްރީ ޖެނެރަލްގެ ލަފާގެ މަތިން ކުރިއަށް ގެންދިއުން.
  5. ކައުންސިލް އޮފީސް އިމާރާތް، މިސްކިތްތައް އަދި ކައުންސިލްއިން ބަލަހައްޓާ އިމާރާތްތައް މެއިންޓަނެންސްއަށް ބޭނުންވޭތޯ ބަލާ ގަވައިދުން މެއިންޓެނެންސް ކުރުން
  6. ކައުންސިލް އިދާރާގެ ފަރާތުން ހޯދާ މުދަލާއި ޚިދުމަތްތަކާ ގުޅިގެން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްޓަކައި ބޭނުންވާ ޔެކިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  7. ކައުންސިލް އިދާރާގެ ބިޑް ކޮމިޓީގެ އެންމެހައި އިދާރީ މަސައްކަތްތައް އިންތިޒާމްކޮށް ބެލެހެއްޓުމާއި، ބިޑް ކޮމިޓީގެ ލިއުންތައް ޤަވާޢިދުން ބެލެހެއްޓުމާއި، ބިޑް އިވޭލުއޭޝަން ކޮމިޓީގެ އެންމެހާ މަސައްކަތްތައް ކުރުން
  8. އެކި ފަރާތްތަކަށް ކައުންސިލްގެ މުދާ ދޫކުރުމުގެ ސިސްޓަމް އެކުލަވާލައި އެތަކެތި ދޫކުރުމާއި ރިކޯޑް ބެލެހެއްޓުން
  9. ސެކްޝަނަށް ހުށަހެޅޭ ސިޓީ، މެސެޖު  އީ-މެއިލް ތަކަށް ޖަވާބު ތައްޔާރު ކުރުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް
  10. އިދާރީ ސެކްޝަންގެ އެހެނިހެން މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން
  11. ކައުންސިލް އަދި ކައުންސިލް ބެލުމުގެ ދަށުގައިވާ ތަންތަނަށް ބޭނުންވާ މުދަލާއި ޚިދުމަތްތައް ހޯދުމުގެ ކަންތައް ޕްލޭންކޮށް ގަވާއިދުތަކާއި އެއްގޮތަށް މުދަލާއި ޚިދުމަތްތައް ހޯދުމުގެ އެންމެހާ މަސައްކަތްތައް ކުރުން
  12. ކައުންސިލް އިދާރާގެ ވާރކްޕްލޭން ތަންފީޒު ކުރުމަށް ބޭނުންވާ މުދަލާއި ޚިދުމަތްތައް ދެނެގަނެ ވާރކްޕްލޭން ތަންފީޒުކުރުމަށްޓަކައި މުދަލާއި ޚިދުމަތްތައް ގަވައިދުން ހޯދުން
  13. ކައުންސިލް އަދި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަނުން ބާއްވާ އެކިއެކި ޖަލްސާ، ބައްދަލުވުން، ހަފްލާ، އިވެންޓް އަދި ހަރަކާތްތަކާ ގުޅިގެން ހަމަޖައްސަންޖެހޭ އިންތިޒާމްތަކަށް ބޭނުންވާ ޚިދުމަތްތަކާއި ތަކެތި ހޯދުން.
  14. ކައުންސިލްއިން ކުރަންޖެހޭ އެއްގަމު، ކަނޑު އަދި ވައިގެ ދަތުރުތަކުގެ އިންތިޒާމްތައް ހަމަޖައްސައި ދަތުރުތަކަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކޮށް ރިކޯޑް ބެލެހެއްޓުން
  15. ރަށަށް ޒިޔާރަތްކުރާ ވަފްދުތަކާއި ޓީމްތަކަށް ބޭނުންވާ އިންތިޒާމްތައް ޖަމަޖެއްސުމަށް ކުރަންޖެހޭ ޕްރޮކިއުމަންޓް މަސައްކަތްތައް ކުރުން
  16. ކައުންސިލް އަދި ކައުންސިލްއާ ގުޅިފައިވާ ތަންތަނުން އެކިފަރާތްތަކާއި އެކުކުރެވޭ އެއްބަސްވުންތަކާއި އެގްރިމެންޓްފަދަ ލިޔުންތައް ގުޅުންހުރި ފަރާތްތަކާއި މުއާމަލާތުކޮށް ބެލެހެއްޓުން.
  17. އިދާރާގެ ޖެމްސް އެޑްމިނިސްޓްރޭޓަރގެ މަސްޢޫލިއްޔަތު އަދާކުރުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ·         އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • މަޤާމުގެ ތައުލީމީ ރޮގުތައް ތިރީގައިވާ ލިންކުން ފެންނަން ހުންނާނެއެވެ.

https://www.csc.gov.mv/PostStructure/Index/36

ޕްރިފަރޑް ޑިސިޕްލިން:

  • ނެތް

ކޯރ ޑިސިޕްލިން:

  • ·         ނެތް

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އެސް.އެސް. 1

އަސާސީ ޝަރުތު ހަމަވުން %50

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް %5

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ %5

އިންޓަރވިއު %40

ޖީ.އެސް. 3

އަސާސީ ޝަރުތު ހަމަވުން %30

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް %5

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ %5

އެސެސްމަންޓް (އިމްތިހާން އަދި ޕްރެކްޓިކަލް) %25

އިންޓަރވިއު %35

އެމް.އެސް. 1

އަސާސީ ޝަރުތު ހަމަވުން %30

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް %5

ކޯރ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް %5

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ %5

އެސެސްމަންޓް (އިމްތިހާން އަދި ޕްރެކްޓިކަލް) %20

އިންޓަރވިއު %35

ނޯޓް: ޖީ.އެސް 3 އަދި އެމް.އެސް. 1 ގެ މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ 60% (ފަސްދޮޅަސް) އިންސައްތައަށް ވުރެ މަތިވާން ޖެހޭނެއެވެ. ނަމަވެސް އެސް.އެސް. 1 ގެ މަޤާމަކަށް މުވައްޒަފަކު އައްޔަންކުރެވޭނީ ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ 70% (ހަތްދިހަ) އިންސައްތައަށް ވުރެ މަތިވާނަމައެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ދަފްތަރުގައި ރަޖިސްޓަރީވުމަށް ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2025 ސެޕްޓެމްބަރ 18 ގެ 14:00 ވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާންޖެހޭ ތަކެތި ހުށަހަޅާނީ ތިރީގައިވާ އޮންލައިން ފޯމް މެދުވެރިކޮށް ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ އަށެވެ.

https://forms.office.com/r/8pUXUc0KXf

ދަފްތަރުކުރުން:

 

މި ދަފްތަރުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓުން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތަކުގެ ތަރުތީބުން މިއިދާރާގެ ވެބްސައިޓް  www.naivaadhoo.gov.mv  ގައި ޝާއިޢުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން)  އޮންނާނެ ތަނާއި، މުއްދަތު:

މި ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާނު، އޮންނާނެ ތާރީޚާއި ތަން، އިންޓަރވިއު އާއި އިމްތިޙާނު ބާއްވާ ތާރީޚުގެ 48 ގަޑިއިރު ކުރިން ކެނޑިޑޭޓުންނަށް އަންގާނެއެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520634 އަށެވެ. އީ-މެއިލް ކުރާނީ info@naivaadhoo.gov.mv އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

16 ރަބީއުލްއައްވަލް 1446

19 ސެޕްޓެމްބަރ 2024

19 ސެޕްޓެންބަރު 2024
ހޯދާ