ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ ދަފުތަރަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރަކު ހޮވުމަށް 21 އޮކްޓޫބަރު 2024 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ބާ ކައުންސިލުގެ ވެބްސައިޓްގައި ޢާންމުކޮށްފައިވާ "ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ ދަފުތަރު" ގައި ހިމެނޭ ޤާނޫނީ ވަކީލުންނަށް ލިބިގެންވެއެވެ. (ލިންކް:https://maldivesbarcouncil.org/membership-roll/)

މި ދަފުތަރާ ގުޅިގެން އެއްވެސް ޝަކުވާއެއްވާނަމަ، އެ ޝަކުވާއެއް ތިރީގައިވާ ލިންކުގައިވާ ފޯމު މެދުވެރިކޮށް، 22 ސެޕްޓެންބަރު 2024 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

ޝަކުވާ ފޯމުގެ ލިންކް: https://forms.gle/TyQrDHUSz7NB9KuX9 

 

19 ސެޕްޓެންބަރު 2024
ހޯދާ