އާމިނާދިޔޯ ޞިއްޙީ މަރުކަޒު، ހއ. އިހަވަންދޫ
ދިވެހިރާއްޖެ
ކަސްޓަމަރ ސަރވިސް އޮފިސަރ (ވަގުތީ)

ވަޒީފާގެ ފުރުޞަތު – ކަސްޓަމަރ ސަރވިސް އޮފިސަރ (ވަގުތީ)

 

މަޤާމު:

ކަސްޓަމަރ ސަރވިސް އޮފިސަރ ( ވަގުތީ )

މަޤާމްގެ ނަންބަރު:

-

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ ( 6 މަސް ދުވަސް )

މަޤާމުގެ ރޭންކް:

އެމް.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އާމިނާދިޔޯ ޞިއްޙީމަރުކަޒު

މުސާރަ:

5610.00 ރުފިޔާ

ސަރވިސް އެލަވެންސް:

2000.00 ރުފިޔާ

ސަޕޯރޓިންގކޯ އެލަވެންސް:

700:00 ރުފިޔާ

އެހެނިހެން އެލަވަންސް:

 

 

1. ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ރިސްކު އެލަވަންސް

2. ހެލްތް އެލަވެންސްގެ ގޮތުގައި މަހަކު އަސާސީ މުސާރާގެ %35

3. ދިވެހިރާއްޖޭގެ ޕެންޝަނައި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

 

 

 

 

 

 

 

 

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

 

1- ޚިދްމަތަށް އެދި އަންނަ މީހުންނާއި ހިތްހެޔޮކަމާއިއެކު ރިވެތި ބަހުން މުޢާމަލާތުކޮށް ބޭނުންވާ މަޢުލޫމާތު ސާފުކޮށްދީ ބޭނުންވާ ޚިދްމަތެއް ފަހިކޮށްދިނުމަށް މަސައްކަތްކުރުން.

2- ފޯންކޯލްތަކަށް ރީތިބަހުން ޖަވާބުދާރީވުމާއި، ޚިދްމަތްތެރިގޮތެއްގައި ފޯނުގެ ޚިދްމަތް ފޯރުކޮށްދިނުން.

3- ޚިދްމަތުގެ އަގުގެ ގޮތުގައި ޞިއްޙީމަރުކަޒަށް ނަގާ ފައިސާ ބަލައިގަތުމާއި ރެކޯރޑްތައް ބެލެހެއްޓުން. އަދި ދުވަހުން ދުވަހަށް ބޭންކަށް ފައިސާ ޖަމާކޮށް ރިސިޕްޓް ސްލިޕް އަދި ބޭނުންވާ ލިޔެކިޔުންތައް ބަޖެޓް ސެކްޝަނާ ޙަވާލު ކުރުން.

4- ކްރެޑިޓްގެ ދަށުން ދެވޭ ޚިދްމަތްތަކަށް، ކޮންމެ ދުވަހަކު ހެދޭ ބިލްތަކަށް އެބިލްތަކުގެ އަޞްލާއި އެއްގޮތަށް އިންވޮއިސް ހެދުން. 

5- - ޑޮކްޓަރަށް ދެއްކުމަށް އަންނަ ބަލިމީހުން ޞިއްޙީމަރުކަޒުގެ އިންފޮމޭޝަން ސިސްޓަމް އަދި ވިނަވި ސްކީމް ޕޯޓަލްގައި ރަޖިސްޓްރީ ކުރުމާއި، އަޕްޑޭޓް ކޮށް ނަމްބަރ ދޫކުރުން. އަދި ބަލިމީހާގެ ފަރާތުން ހޮސްޕިޓަލް / އޮފީހުން ބޭނުންވާ ހުރިހާ މަޢްލޫމާތެއް ލިޔެ ބަލަހައްޓާ ރައްކާ ކުރުން.

6- ބަލިމީހާ ޑޮކްޓަރަށް ހުށަހަޅާ މައްސަލަތައް ޑޮކްޓަރަށް އޮޅުންފިލުވައި ދިނުމާއި، ޑޮކްޓަރ ބަލިމީހާއަށް އަންގާ ދިނުމަށް ވިދާޅުވާ ކަންތައްތައް ބަލިމީހާއަށް އަންގާ އޮޅުންފިލުވައިދީ، އަދި ބޭސް ސިޓީ އާއި އެހެނިހެން ލިޔެކިޔުންތައް ލިޔުމުގައި ޑޮކްޓަރަށް އެހީތެރިވުން.

7- ޞިއްޙީމަރުކަޒުގެ އޯ ޕީ ޑީ އޭރިއާގައި ޚިދްމަތްދެވޭ ބަލިމީހުންގެ ފައިލް ނުވަތަ ޞިއްޙީމަރުކަޒުގެ ރެކޯރޑްތައް ހަމަޖެހިފައިވާ އުޞޫލުގެމަތިން ފަރުވާތެރިކަމާއިއެކު ބަލަހައްޓައި ތައްޔާރުކުރަންޖެހޭ ރިޕޯރޓްތައް ( ކޮމިޔުނިކެބަލް ޑިޒީޒް / އެން ސީ ޑީ ރިޕޯޓް / މެޑިކަލް ރެކޯރޑްސް ) ކަނޑައެޅިފައިވާ ގޮތެއްގެ މަތިން ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

8- ކަނޑައެޅިފައިވާ ގޮތުގެ މަތިން ޑިޔުޓީ އަދާކުރުމާއި ޞިއްޙީމަރުކަޒުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަން ދިނުމާއި ސަލާމްބުނާ މުވައްޒަފުންނާއި ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާގޮތެއްގެ މަތިން ހަވާލުވެ ކުރުން.

9- ޞިއްޙީމަރުކަޒުން އިމަރޖެންސީކޮށް ރަށްރަށަށް / މާލެ ފޮނުވަން ޖެހޭ ބަލިމީހުންގެ ކަންތައްތައް ހަމަޖައްސައިދިނުން ( އާސަންދައިގެ ދަށުން ފޮނުވާލަންޖެހޭ ބަލިމީހުންގެ ކަންތައްތައް އާސަންދައަށް ގުޅައިގެން ހަމަޖެއްސުން )

10- ކޮންސަލްޓޭޝަން ރޫމް އަދި މަސައްކަތަށް ބޭނުންވާ ތަކެތި ކޮންމެ ދުވަހަކުވެސް މަސައްކަތް ފެށުމުގެ ކުރިން ހަމަކުރުން. އަދި މަސައްކަތުގައި ބޭނުންކުރާ އިކްވިޕްމަންޓްސް އާއި މެޝިނަރީޒްއަށް އެއްވެސް ގެއްލުމެއް ނުވަތަ މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް ސެކްޝަންގެ އިންޗާރޖަށް / ކަމާއިބެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ރިޕޯރޓް ކުރުން.

11- ޞިއްޙީ ޚިދްމަތް ފޯރުކޮށްދިނުމުގެ ގޮތުން އަތޮޅުގެ ރަށްތަކަށް ކުރާ ދަތުރުތަކުގައި ބައިވެރިވާން ޖެހިއްޖެ ހިނދެއްގައި ބައިވެރިވެ އެހީތެރިވުން.

12- މަސައްކަތުގެ ދާއިރާގައި ދިމާވާ މައްސަލަތައް ތަނުން ބޭރަށް ނުގެންދިއުމާއި ޙަޤީޤަތާއި ޚިލާފް ވާހަކަތައް ޞިއްޙީމަރުކަޒާއި ބެހޭގޮތުންނާއި އަދި ތަނުގެ މުވައްޒަފުންނާއި ބެހޭގޮތުން ނުދެއްކުން.

13- ޑޮކްޓަރުންގެ ޑިޔުޓީ ބޯޑް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން. އަދި ޞިއްޙީމަރުކަޒުގެ ނޯޓިސްބޯޑް ގައި ޢާއްމުންނަށް ފެންނާނޭހެން ބަހައްޓަންޖެހޭ ލިޔެކިޔުންތައް ބެލެހެއްޓުމާއި، މުއްދަތު ހަމަވުމުން ނެގުމާއި އަދި އާކުރަންޖެހޭ ލިޔުންތައް އާކޮށް ބެލެހެއްޓުން.

 

14- ޞިއްޙީމަރުކަޒުގެ ވެއިޓިންގ އޭރިޔާގައި ހުންނަ ލައިޓްތަކާއި ފަންކާތައް ރަނގަޅަށް މަސައްކަތް ކުރޭތޯ ދުވަހުން ދުވަހަށް ބަލައި މައްސަލައެއް ހުރި ނަމަ މެއިންޓަނަންސް ސެކްޝަނަށް ރިޕޯރޓް ކުރުން.

15- އެމްބިއުލާންސްތަކުގެ ޚިދުމަތަށް އެދޭފަރާތްތަކަށް އެ ޚިދުމަތް ލިބޭނެ މަގު ފަހިކޮށް ދިނުމަށްފަހު ކަނޑައެޅިފައިވާ އަގު ނަގައި އެމްބިއުލާންސްތަކުގެ ރިޕޯރޓް ހަފްތާއިން ހަފްތާއަށް (އާދިއްތައިން ހޮނިހިރަށް) ތައްޔާރުކުރުމަށްފަހު ކޮންމެ އާދިއްތަ ދުވަހެއްގެ ހެދުނު 08:30 ގެ ކުރިން ރެވެނިއު މަސައްކަތް ކުރައްވާ މުވައްޒަފާއި ރިޕޯރޓް ޙަވާލުކުރުން.

16- ޞިއްޙީމަރުކަޒުގެ ޚިދުމަތަށް އެދި އަންނަ މީހުންނަށް ދިމާވާ މައްސަލަތައް ދެނެގަނެ މައްސަލަތައް ޙައްލުކުރުން. އަދި ޙައްލު ނުކުރެވޭ މައްސަލަތައް ލަސްނުކޮށް ސެކްޝަންގެ އިސްވެރިޔަކަށް އެންގުން.

17- ޞިއްޙީ އިމަރޖެންސީތަކާ ، ޕެންޑަމިކް އަދި ކާރިސާ ތަކުގައި ކުރަންޖެހޭ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވުން.

18- ޑިޔުޓީގައި ދިމާވާ މުހިއްމު ކަންތައްތަކާއި މައްސަލަތައް ޞިއްޙީމަރުކަޒު ހިންގެވުމާއި ޙަވާލުވެހުންނަވާ ފަރާތަކަށް ވަގުތުން ވަގުތަށް ރިޕޯރޓް ކުރުން.

19- ވަޒީފާގެ ގޮތުން މުވައްޒަފަށް އެންގޭ އަދި އޮފީހުގެ އެތެރޭގެ ސިއްރުތަކާއި ބަލިމީހުންގެ ސިއްރުތައް އާއްމުންނަށް ހާމަނުކުރުން .

20- މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، ޞިއްޙީމަރުކަޒުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުމާއި  މުވައްޒަފުން ގުޅިގެންކުރާ މަސައްކަތާއި އެކިއެކި އިޖްތިމާޢީ ، އަދި ޚާއްޞަ ދުވަސްތައް ފާހަގަ ކުރުމުގެ ގޮތުން ހޮސްޕިޓަލްގެ ފަރާތުން ހިންގާ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން

 

މަޤާމުގެ ޝަރުޠުތައް:

1-     1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ 6 ގެ / އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީ ޙާޞިލްކޮށްފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް:

  • އެޑްމިނިސްތްރޭޝަން
  • މެނޭޖްމަންޓް
  • ކަސްޓަމަރ ސަރވިސް

ތަޢުލީމީ ރޮނގުތައް:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ކަސްޓަމަރ ކެއަރ
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި މިމަރުކަޒުގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/Policy/DownloadFile/266
  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލްކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

 

ވަޒީފާއަށްއެންމެ ޤާބިލުފަރާތެއް ހޮވުމަށްބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 01 އޮކްޓޯބަރ 2024 ވާ (އަންގާރަ) ދުވަހުގެ ގެ 14:00 ގެ ކުރިން، އާމިނާދިޔޯ ޞިއްޙީމަރުކަޒުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ha.aaminaadhiyohc@health.gov.mv މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިންޓަރވިއުއާއި އިމްތިހާނާއި ޕްރެޒެންޓޭޝަން އޮންނާނެތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 06 އޮކްޓޯބަރ 2024 އާއި 10 އޮކްޓޯބަރ 2024 އާއި ދެމެދު އާމިނާދިޔޯ ސިއްޙީމަރުކަޒުގެ އޮފީހުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓުލިބުނު ގޮތުގެޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500501 ނުވަތަ 6500200 ނަމްބަރަށެވެ. އީ-މެއިލް ކުރާނީ ha.aaminaadhiyohc@health.gov.mv  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި  ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

19 ސެޕްޓެންބަރު 2024
ހޯދާ