މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޒުވާނުންގެ އިނާމް 2024 އާއި ގުޅޭ

"ޒުވާނުންގެ އިނާމް 2024"

              މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ 22 އޮކްޓޯބަރ 2024 ގައެވެ. އެގޮތުން ޒުވާނަންނަށް ޚާއްސަ ކުރެވިގެން ޒުވާނުންގެ އިނާމު (Youth Award) ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އަހަރު ޒުވާނުންގެ އިނާމު (Youth Award) ތަފާތު 17 ދާއިރާއަކުން ދިނުމަށް ވަނީ ކަނޑައެޅިފައެވެ. ޒުވާނުންގެ އިނާމަކީ ތަފާތު ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށް ޒުވާނުންކުރާއަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެގޮތުން ދެވޭ އިނާމެކެވެ. އަދި މި އިނާމަކީ ޤައުމުގެ ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމަޢުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެގޮތުން ދެވޭ އިނާމެކެވެ. ޒުވާނުންގެ އިނާމު ލިބޭ ފަރާތްތަކަށް އިނާމުގެގޮތުގައި ޒުވާނުންނަށް ދެވޭ ޚާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ލިބިގެން ދާނެއެވެ.

            އެހެންކަމުން، މި އިނާމަށް ނަން ހުށަހަޅުއްވުމަށް ޝަރުތުހަމަވާ 18 އަހަރު ފުރި 36 އަހަރު ނުވާ ފަރާތްތަކުން، 26 ސެޕްޓެންބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް  ދަންނަވަމެވެ. އެޕްލިކޭޝަން ހުށަހަޅުއްވާނީ ގޫގުލް ލިންކް:https://forms.gle/nL5K5ZRqWNc6dy9z9  ނުވަތަ އީމެއިލް info@youth.gov.mv  މެދުވެރިކޮށެވެ. ނުވަތަ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް (ސޯޝަލް ސެންޓަރ) ރިސެޕްޝުންނެވެ. ޒުވާނުންގެ އިނާމަށް ކުރިމަތިލުމަށް އެދި ހުށަހަޅައި ފޯމް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 14:00 އަށެވެ. އަދި މަނަދޫގެ ރައްޔިތުންގެ ފޯމް މިކައުންސިލުން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 14:00 އަށެވެ.

             މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުވެލައްވާނަމަ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 14:00 އަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްގެ ނަންބަރ 4000429، 4000429 އަށް ގުޅުއްވައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

              މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  

1446 C 16

19 ސެޕްޓެންބަރ 2024    

                                                       ޢަބްދުއްރަޙްމާން ޞަބީޙް

                                                     ނ. މަނަދޫ ކައުންސިލްގެ ރައީސާ

19 ސެޕްޓެންބަރު 2024
ހޯދާ