މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެމް.ޑަބްލިޔު.އެސް.ސީގެ ހުޅުމާލެ (ފޭސް 1) ސައިޓްގައި ބައުންޑްރީ ވޯލް އަދި ގާޑް ޕޯސްޓް ކޮންސްޓްރަކްޓް ކޮށްދޭނެ ފަރާތެއް ހޯދުން - ރިޓެންޑަރ

މިކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން، އެމް.ޑަބްލިޔު.އެސް.ސީ ހުޅުމާލެ (ފޭސް 1) ސައިޓްގެ ބައުންޑްރީ ވޯލް އަދި ގާޑް ޕޯސްޓް ކޮންސްޓްރަކްޓް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަމްބަރު (MWSC-L/3/ADV/2024/69)އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލާއި އެއްގޮތަށް މައުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށައެޅުއްވުން އެދެމެވެ.

 

ބީލަމުގައި ބައިވެރިވުމަށް ފުރިހަމަ ވާންޖެހޭ މުހިންމު ޝަރުތުތައް:

  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތަކަށްވުން.
  • މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ރެޖިސްޓްރީވެފައިވާ ފަރާތަކަށްވުން އަދި ކޮންޓްރެކްޓަރސް ރެޖިސްޓްރޭޝަން (GC01/GC02) ގްރޭޑް 07 ގެ ގިންތި އަށް ޝަރުތުހަމަވުން.
  • މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ޖީ.އެސް.ޓީ އައް ރެޖިސްޓްރީ ވެފައިވާ ފަރާތަކަށްވުން.
  • ފާއިތުވެދިޔަ ހަމަހުގެ މީރާ ޓެކްސް ކުލިޔަރެންސް ރިޕޯޓް އޮތް ފަރާތަކަށްވުން.

 

ތަން

ގަޑި

ތާރީހް

ތަފްސީލް

އެމް.ޑަބްލިޔު.އެސް.ސީ (ކަސްޓަމާރ ސާރވިސް ބިލްޑިންގ، 6 ވަނަ ފަންގިފިލާ)

11:30

23 ސެޕްޓެމްބަރ 2024

މައުލޫމާތު ސާފުކުރުން

އެމް.ޑަބްލިޔު.އެސް.ސީ (ކަސްޓަމާރ ސާރވިސް ބިލްޑިންގ، 6 ވަނަ ފަންގިފިލާ)

11:30

29 ސެޕްޓެމްބަރ 2024

އަގު ހުށައެޅުން

 

ބީލަމުގައި ބައިވެރިވެވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.މި ބީލަމުގެ މަސައްކަތާއި ބީލަން ހުށައެޅުމަށް ބޭނުންވާ އިތުރު މައުލޫމާތު އަންގައިދޭ ލިޔެކިޔުންތައް މިއިއުލާން އާއި އެކު ގެޒެޓްކުރެވިފައި ވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށައަޅާއިރު 10،000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށައަޅުއްވަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރއެވެ. ބިޑް އެވާރޑްކުރެވޭ ފަރާތުން ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ބިޑްކުރި އަދަދުގެ ބިޑް އެވޯރޑްކުރެވޭތާ 05 ދުވަސްތެރޭގައި ހުށައަޅަންވާނެއެވެ.

 

ކޮންޓްރެކްޓިންގ ޑިޕާޓްމަންޓް

19 ސެޕްޓެންބަރު 2024
ހޯދާ