މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަމުގެ މަސައްކަތްކުރުމަށް ވަގުތީގޮތުން ދޫކުރެވުނު ބިމުގައިހުރި ރުއް،ގަސް ނެގުމާއިބެހޭ.

ދަނޑުވެރިކަމުގެ މަސައްކަތްކުރުމަށް ވަގުތީ ގޮތުން މިރަށު މޫންލައިޓް " ސަލްމާން ޢަބްދުއްރަޙަމާން " އަށް ކުރިން ދޫކޮށްފައިވާ ބިމުގައި ކައުންސިލްގެ ހުއްދަ ނުހޯދާ އެކިއެކި ފަރާތްތަކުން ރުކާއި / ގަސް އިންދަމުން ގެންދާކަން ކައުންސިލަށްވަނީ ފާހަގަ ކުރެވިއެވެ. މިހާރު ފާސްކޮށްފައިވާ ރަށުގެ ބިނާވެށި ޕްލޭނުގައި އެންޓިކްލޭންޑަށް މަސްކަށްކާ ހިއްކުމުގެ މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ބިމުގެ އުތުރުން 20 ފޫޓްގެ މަގެއް ނެގުމަށްފަހު ދެންއޮތްބިން މޫދަށްއެރޭ ސަރަޙައްދުގެ އެކިއެކި ބޭނުމަށްވަނީ ރިޒާވު ކުރެވިފައެވެ.

 ވުމާއިއެކު މި އިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާ ރަށުގެ ޗާޓްގައި ފާހަގަކޮށްފައިވާ ސަރަޙައްދުގައި ހުރި ޢާއްމުންގެ ނުފޯދޭ ރުކާއި ގަސް މިއަދުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި ނެންގެވުމަށާއި، މި މުއްދަތުގެ ތެރޭގައި ނުނަގާހުރި ތަކެތި ނައްތާލާނެވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

22 ސެޕްޓެންބަރު 2024
ހޯދާ