ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުން

  ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުން

މި އިދާރާގެ ބެލުމުގެ ދަށުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ދުވަހު ނީލަންކިޔުން 26 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00ގައި އޮންނާނެއެވެ.

 

ނީލަން ކިޔާތަން

ތަރީޙް:

ގަޑި:

 ތަން:

26 ސެޕްޓެމްބަރ 2024 (ބުރާސްފަތި)

13:00 (މެންދުރު)

ކައުންސިލް އިދާރާގެ ގޯތިތެރެ

ނީލަމުގައި ކިޔޭތަކެތި ބެލުން

ތަރީޙް:

ގަޑި:

25 ސެޕްޓެމްބަރ 2024 (ބުދަ)

10:00 (ހެނދުނު)

އިރުޝާދު

  • ނީލަން ކިޔާ ތަކެތި ބައިބަޔަށް (ލޮޓް) ބެހުމަށްފަހު، ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން، ކޮންމެ ލޮޓެއްގައި ހުންނާނެއެވެ.
  • ނީލަމެއް ކުރިއަށް ގެންދާނީ މަދުވެގެން 3 ބައިވެރިންގެ ހާޒިރުގައެވެ. ނަމަވެސް ތިން ބައިވެރިން ހަމަ ނުވާނަމަ، ދެވަނަ ފަހަރަށް އިޢުލާންކޮށް، 2 ނުވަތަ 1 ބައިވެރިންގެ ހާޒިރުގައި، ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ.
  • ނީލަމުގައި ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން ހުށަނާޅާއިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީކަމުގައި ނިންމޭނެއެވެ.
  • ނީލަން ނިމުނުގޮތް، ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިޢުލާނުކޮށް، ނީލަން ކާމިޔާބުކުރި ފަރާތަށް، "ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން" ހަވާލުކުރެވޭނެއެވެ.
  • ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރި އަގު، ނީލަން ނިމޭ ދުވަހުން ފެށިގެން ސަރުކާރު ބަންދުނޫން 3 ދުވަހުގެ ތެރޭގައި މި އިދާރާއަށް ދައްކައި ޚަލާޞްކުރަންވާނެއެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ހަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމަށްފަހުގައެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާޞްކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި  ޚަލާޞްނުކޮށްފިނަމަ، އެ މުދަލެއް އަލުން ނީލަންކިޔުމަށް އިޢުލާނުކުރެވޭނެއެވެ.
  • ·       ނީލަންކިޔާ ތަކެތީގެ ލިސްޓް މި ޢިއުލާނާ އެކު އެޓޭޗް ކުރެވިފައިވާނެއެވެ.

ނޯޓް:

  •  ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮންލައިން ކޮށެއެވެ. ފައިސާ ދެއްކުމަށްފަހު، ސްލިޕް 7633734 ނަންބަރަށް ވައިބަރ މެދުވެރިކޮށް ފޮނުވަންވާނެއެވެ. ނީލަން ބާއްވާ ދުވަހު، ފައިސާ ޖަމާކުރަންޖެހޭ އެކައުންޓްގެ ނަމާއި ނަންބަރު ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ފެންނަން ހުންނާނެއެވެ.
  • ނީލަމާއިގުޅޭ މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި 6840016 ނަންބަރަށް ގުޅުއްވުން އެދެމެވެ.
  • ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވާ ތަކެތީގެ ހާލަތު ބެއްލެވުމަށް ބޭނުންވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޙުގައި މި އިދާރާއަށް ވަޑައިގަތުމުން އެ މުދަލެއް ދައްކައިދެވޭނެއެވެ. މި އިޢުލާނާއި އެކު ނިލަން ކިޔޭތަކެތީގެ ލިސްޓް ގެޒެޓް ކުރެވިފައިވާނޭއެވެ.   
22 ސެޕްޓެންބަރު 2024
ހޯދާ