ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ގައްދޫ ފުޓްސަލް ޗެލެންޖް 2024"ގެ އެކިއެކި މަޤާމްތަކުގެ ޓްރޮފީތައް ތައްޔާރުކޮށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

"ގައްދޫ ފުޓްސަލް ޗެލެންޖް  2024"ގެ އެކިއެކި މަޤާމްތަކުގެ ޓްރޮފީތައް ތައްޔާރުކޮށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ 

    މި އިދާރާއިންދޭ މައުލޫމާތާއި، އެއްގޮތަށް "ގައްދޫ ފުޓްސަލް ޗެލެންޖް  2024" ގެ އެކިއެކި މަޤާމްތަކުގެ ޓްރޮފީތައް ތައްޔާރުކޮށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 08 ސެޕްޓެމްބަރ 2024 ގައި މިއިދާރާއިން ކުރި ނަންބަރ (IUL)419-CAA/419/2024/107 އިޢުލާނަށް އެކަށީގެންވާ ވަރަށް ބިޑް ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލްކޮށް "ގައްދޫ ފުޓްސަލް ޗެލެންޖް  2024" ގެ އެކިއެކި މަޤާމްތަކުގެ ޓްރޮފީތައް ތައްޔާރުކޮށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ. މިމަސައްކަތާއި ގުޅޭ ބިޑް ހުށަހަޅަންޖެހޭ ތަން އަދި ތާރީޚް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.

މިކަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިމަސައްކަތާއި ގުޅިގެން ބިޑް ހުށަހަޅަން އެދޭ ފަރާތްތަކުން 2024 ސެޕްޓެމްބަރ 26 ވަނަ ދުވަހުގެ 11:00 އަށް ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2024 ސެޕްޓެމްބަރ 30 ވަނަ ދުވަހުގެ 11:00 އަށް ގައްދޫ ކައުންސިލް އިދާރާ އަށް ވަޑައިގެން ބިޑް ހުށަހެޅުއްވުން އެދެމެވެ. އަދި މިމަސައްކަތާއި ގުޅިގެން ކަނޑައެޅިފައިވާ ތާރީޚާއި ގަޑިއަށް މިއިދާރާއަށް މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުން

ބިޑް ބަލައިގަތުމާއި ހުޅުވުން

ތަން

2024 ސެޕްޓެމްބަރ 26 ވަނަ ދުވަހުގެ 11:00 ގައި ގައްދޫ ކައުންސިލް އިދާރާގައެވެ.

 

ތާރީޚް: 2024 ސެޕްޓެމްބަރ 30 ވަނަ ދުވަހު 11:00 ގައި ކައުންސިލް އިދާރާގައެވެ.

(ސުންގަޑީގެ ފަހުން ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.)

ގދ.ގައްދޫ ކައުންސިލް އިދާރާ

               ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

23 ސެޕްޓެންބަރު 2024
ހޯދާ