މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ގެނެވޭ ވެހިކަލާއި އަދި މެޝިނަރީ ބެހެއްޓުމަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ގަރާޖު އަޅާބިމުގައި ހުރި ރުއްގަހުގެ ބަދަލާގުޅޭ

މިރަށުގެ ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ގެނެވޭ ވެހިކަލާއި އަދި އެހެނިހެން މެޝިނަރީސް ބެހެއްޓޭގޮތަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ގަރާޖު އަޅާބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަށް ހޯދަން ބޭނުންވެއްޖެއެވެ.

  •  ނަންބަރު 1 އިން 4 އާއި ދެމެދު ނަންބަރު ޖަހާފައިހުރި ފޯދުނު 4 ރުށް
  • ނަންބަރު 1 އިން 4 އާއި ދެމެދު ނަންބަރު ޖަހާފައިވާ ފޯދުނު 4 ގަސް މެދުކަށިކެޔޮ

ވީމާ މަތީގައި ދެންނެވިފައިވާ ރުއްގަހުގެ ވެރިން 30 ސެޕްޓެމްބަރ 2024 ވަނަ ދުވަހުގެ 13:00 ގެ ކުރިން ރުއްގަހުގައި މިހާރު ޖަހާފައިވާ ތަރުތީބު ނަންބަރާއި އަދި އެރުއްގަހަށް ދެވިފައިވާ ރަޖިސްޓްރީ ނަންބަރ ( އާއިލާ ނަންބަރ ) އެނގޭގޮތަށް  މިއިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ފޯމް މިއިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މިއިޢުލާނުގެ މުއްދަތުހަމަވާއިރު މަޢުލޫމާތު ސާފުނުވެ އެސަރަހައްދުގައި ރުއްގަސްހުރިނަމަ އެތަކެތިވެސް ހިމެނޭގޮތަށް ވެރިއަކު ނެތް ރުއްގަސް ކަމަށް ބަލައި އެތަކެތި ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މިގޮތަށް ކަނޑާލެވޭ ރުއްގަހަށް ފަހުން ބަދަލު ހޯދުމަށް އެދިއްޖެނަމަ އެފަރާތަކަށް ބަދަލުދެވޭނީ ޝަރުޢީކޯޓަށް ހުށަހަޅައި ކޯޓުން އެމައްސަލައެއް ނިންމާގޮތެއްގެ މަތީންނެވެ.މިބިން އޮންނާނީ ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ ސްޓޯރޭޖް އޭރިޔާގެ ހުޅަނގުން ޗާންދަނީ މަގު އުތުރުން ސޯލާ ބެޓެރީ ސްޓޯރޭޖް ބިމުގެ ދެކުނުން ތަރިވިދާގޯޅީގެ އިރުންނެވެ.

                        މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 ސެޕްޓެންބަރު 2024
ހޯދާ