މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކަށް ބޭނުންވާ ތަކެތި ގެނައުމާއި ބެހޭ

    ނަންބަރ: (IUL)324/324/2024/26   

           

އިޢުލާނު

 

ކުޑަކުދިންގެ ޕާކަށް ބޭނުންވާ ތަކެތި ގެނައުމާއި ބެހޭ

 

ބިޑް ހުށައެޅުމުގެ ދަޢުވަތު:

         ބ.ފެހެންދޫ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ތަކެތި ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

         ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ދައުވަތު އަރުވަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ފޯމުފުރިހަމަކޮށް ހުށަހަޅަންވާނެއެވެ. މި މަސައްކަތުގެ މައުލޫމާތުޝީޓާއި، އަންދާސީ ހިސާބު ހުށައަޅާ ފޯމްސެޓް މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިކައުންސިލާއި ގުޅުއްވުމުން ވެސް ބޭނުންވާ ފަރާތްތަކަށް އީމެއިލްގެ ޒަރީޢާއިން ޑޮކިޔުމަންޓް ފޯރުކޮށް ދެވޭނެއެވެ.

 

ބިޑް ރަޖިސްޓްރީ ކުރުން

 

ބިޑް ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 އޮކްޓޫބަރު 02 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މިކައުންސިލްގައި ރަޖިސްޓަރ ކުރަންވާނެއެވެ. މިކަމަށް މިއިދާރާއަށް ވަޑައިގެން، ނުވަތަ މި އިދާރާގެ މެއިލް އެޑްރެސް  info@fehendhoo.gov.mv އަށް ރިކުއެސްޓްކޮށް ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުގެ މައުލޫމާތު (ނަމާއި އެޑްރެސް / ފޯން ނަންބަރު / އީމެއިލް އެޑްރެސް / އައި،ޑީކާޑު ނަންބަރ، ވިޔަފާރި ރަޖިސްޓްރީ ކޮޕީ ( އިޢުލާން ނަންބަރާއެކު މެއިލްކޮށްދިނުން އެދެމެވެ.

 

ރަޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 2024 އޮކްޓޫބަރު 02 ވާ ބުދަ ދުވަހުގެ 13:30  ގެ ނިޔަލަށެވެ. މި މުއްދަތުގައި ބިޑް ހުށަހެޅުމަށް ރަޖިސްޓަރ ނުކުރާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. 

މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( 18/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނި ތަކަށާއި ،އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

 

ޕްރީ ބިޑް ބައްދަލްވުން:

 މި ބިޑާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2024 ސެޕްޓެމްބަރ 30 ވާ ހޯމަ ދުވަހުގެ 11:00 ގައި ފެހެންދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. މިބައްދަލު ވުމަށް ވަޑައިގެންނެވުން ލާޒިމެއްނޫނެވެ. ނަމަވެސް މި ބައްދަލުވުމަށް ވަޑައިގެންނެވުމަކީ އެދެވިގެންވާ ކަމެކެވެ.

ބިޑް ވެލިޑިޓީ އަދި ބިޑްހުޅުވުން:

ބިޑްތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބިޑްގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ. ބިޑް ހުށަހެޅުން އޮންނާނީ 2024 އޮކްޓޫބަރު 08 ވާ އަންގާރަ ދުވަހުގެ  11:00 ގައި މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑްތައް ބަލައެއް ނުގަނެވޭއެވެ. އަދި ބިޑްހުޅުވުން އޮންނާނީ ބިޑް ހުށަހަޅުއްވާ ދުވަހު އެހުށައެޅުއްވި ފަރާތްތަކުގެ ޙާޟިރުގައި އެގަޑީގައެވެ. އަދި ބިޑް ހުށަހަޅުއްވަން ވެރިފަރާތްނޫން އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، ވަޑައިގަންނަވާ ފަރާތުގެ އައި ޑީ ކާޑުގެ ކޮޕީއާއި، ވެރިފަރާތުގެ އިއުތިރާޒެއްނެތް ކަމުގެ ލިއުން ހުށަހަޅުއްވަން ވާނެއެވެ. އިތުރު މައުލޫމަތު ސާފުކުރައްވަން ބޭނުން ފުޅުވާނަމަ ތިރީގައިވާ އީމެއިލްއަށް ނުވަތަ ފޯނު ނަމްބަރަށް ގުޅުއްވުން އެދެމެވެ.

އީ މެއިލް އެޑްރެސް: info@fehendhoo.gov.mv

ފޯނު ނަންބަރ : 6600058

 

 

                            20 ރަބީޢުލްއަށްވަލް  1446

23 ސެޕްޓެންބަރު 2024
ހޯދާ