މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު – ދަނޑުވެރިކަން ކުރުމަށް ކުލީބިން ދޫކުރުމަށް ހުޅުވާލުން

  1.  ރ.އިނގުރައިދޫގައި ދަނޑުވެރިކަން ކުރުމުގެ މަސައްކަތް ކުރުމަށް ކުލީ ބިމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ހުޅުވާލަމެވެ.
  • ބިމުގެ އަދަދު: 3 ދަނޑުބިން.
  • ބިމުގެ ބޮޑުމިން:

     50x100 (5000 އަކަފޫޓް)

     60x84 (5000 އަކަފޫޓް)

     50x100 (5000 އަކަފޫޓް)

  • ބިން ދޫކުރާ މުއްދަތު: 05 (ފަހެއް) އަހަރު ދުވަސް.
  • ބިމު ކުލި: އަކަފޫޓަކަށް 0.05ރ (ފަސް ލާރި) އަށްވުރެ ކުޑަނޫން އަދަދަކަށް.
  1. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 01 އޮކްޓޫބަރު 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މި އިދަރާގައި ރަޖިސްޓްރީ ކުރެވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭފޯމު އިނގުރައިދޫ ކައުންސިލްގެ އިދާރާއިން އަދި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.
  2. މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 03 އޮކްޓޫބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން ތިރީގައިވާ އީ-މެއިލް  އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.
  3. މި ބީލަމުގެ ޕްރީ ބިޑް މީޓިން އޮންނާނީ 07 އޮކްޓޫބަރު 2024 ވާ ހޯމަ ދުވަހު  13:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
  4. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 10 އޮކްޓޫބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 10:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
  5. ކުލީ ބިންތައް ހިމެނޭ ޗާޓް:

 

  އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

        ފޯނު ނަންބަރު: 6580028

        އީ-މެއިލް: info@inguraidhoo.gov.mv

                ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.   

24 ސެޕްޓެންބަރު 2024
ހޯދާ