ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާއީ ސަރަޙައްދު ސާފުކޮށް ބަލަހައްޓާދޭނެ ފަރާތްތަކެއް ހޯދުމާ ގުޅޭ

އިޖުތިމާއީ ސަރަޙައްދު ސާފުކޮށް ބަލަހައްޓާދޭނެ ފަރާތްތަކެއް ހޯދުމާ ގުޅޭ

ކިނބިދޫ އިޖުތިމާޢީ ސަރަހައްދު ސާފުތާހިރުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ބޭނުންވާތީ، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

  • ބޭނުންވާ ޢަދަދު: 4 މީހުން
  • މަސައްކަތުގެ މުއްދަތު: 1 އަހަރު
  • މަސައްކަތުގެ އަގު: މަހަކަށް -/5000 ރުފިޔާއަށް ވުރެ ބޮޑު ނުވުން
  • މަސައްކަތް ކުރަންޖެހޭ ވަގުތު: ދުވާލަކު 4 ގަޑިއިރު / ހަފުތާއަކު 6 ދުވަހު
  • މަސައްކަތުގެ ތަފުޞީލު: ރަށުގެ އިޖުތިމާޢީ ސަރަހައްދާއި، ރައްޔިތުންގެ ގޯތިތަކާއި އިމާރާތްތަކާއި، އިދާރާގެ ބެލުމުގެ ދަށުގައިވާ ބިންބިމާއި އެފަދަ ތަންތަން ކުނިކެހުމާއި، ވިނަނޮޅުމާއި، ކޮށަންޖެހޭ ގަސްތައް ކޮށުމާއި، ކުނިއުކުމާއި، އެތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުމުގެގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • މަސައްކަތަށް މީހުން ހޮވާނީ ކުރިމަތިލާ ހުރިހާ ފަރާތްތަކެއްގެ ހާޒިރުގައި
  • މަސައްކަތަށް މީހުން ނެގުމުގައި ޢަމަލު ކުރެވޭނެގޮތަކީ:

1-  މަހަކަށް ހުށަހަޅާ އަގު %50

2-  މަސައްކަތުގައި އަމިއްލަ ތަކެތިބޭނުން ކުރާނެ ގޮތަކަށް ބެލުން ( އަމިއްލަ އިލޮށިފަތި، ބަރޯ، މަށަންދަތި ފަދަ ތަކެތި) %20

3-  ބަގީ/ ވެހިކަލް ދުއްވުމުގެ ލައިސަންސް އޮތުން %20

4-  މަސައްކަތުގެ ތަޖްރިބާ ލިޔުމަށް ބެލުން

 ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން އެކިއެކި ކަންކަމަށް އެދޭ ފޯމު ނަންގަވައި ފުރިހަމަ ކުރެއްވުމަށްފަހު

އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީއާއެކު، 30 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހު މެންދުރުފަހު 11:00 ގެ ކުރިން މިއިރާދާގެ ކައުންޓަރަށް ފޯމު ހުށައެޅުއްވުން އެދެމެވެ.

ފޯމް ހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރަ ކެނޑުން އޮންނާނީ މިކަމަށް އެދި ސިޓީލާ ހުރިހާ ބޭފުޅުންގެ އެއްހާޒިރުގައެވެ. 

24 ސެޕްޓެންބަރު 2024
ހޯދާ