މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ދ. ބަނޑިދޫ އަށް ޕޯސްޓްގެ ޚިދުމަތް ދެއްވާނެ އެޖެންޓެއް ހޯދުން

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ދިވެހިރާއްޖެ

 

                        ޕޯސްޓަލް އެޖެންޓްކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

ބޭނުންވާ ރަށް

ދ. ބަނޑިދޫ

އެޖެންޓްގެ މަސައްކަތް

  • ޕޯސްޓުގެ ޚިދުމަތް ދިނުން
  • ޑެލިވަރީގެ ޚިދުމަތް ދިނުން
  • އޭޖެންސީއަށް ލިބޭ މެއިލް ރައްކާތެރިކަމާއެކު މާލެއަށް ފޮނުވުން

އެޖެންޓް ކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތައް

  • ޝައުޤުވެރިކަން ހުރި އަމިއްލަ ފަރާތްތައް ނުވަތަ؛
  • ވިޔަފާރި ކުރާ އަދި ވިޔަފާރި ކުރުމުގެ ހުއްދަ އޮތް ފަރާތްތައް ނުވަތަ؛
  • ރަށުގައި ހަރަކާތްތެރިވާ ކްލަބް، ޖަމްޢިއްޔާ، ކައުންސިލް ފަދަ  އިދާރާތައް

ހުށަހަޅަންޖެހޭ ލިޔެކިޔުން

  • އަމިއްލަ ފަރާތެއް ނަމަ: އައި.ޑީ ކާރޑް ކޮޕީ އާއި ވަނަވަރު
  • ކައުންސިލް އިދާރާއެއްނަމަ: ރަސްމީ ލެޓަރހެޑްގަ ހުށަހެޅުއްވުން
  • ވިޔަފާރިކުރާ ފަރާތެއްނަމަ: ވިޔަފާރި ހުއްދަ ކޮޕީ އާއި ވެރިފަރާތުގެ އައި.ޑީ.ކާރޑް ކޮޕީ
  • ކްލަބް، ޖަމުޢިއްޔާ އަދި ކުންފުންޏެއްނަމަ: ރަޖިސްޓްރީ ކޮޕީ އަދި ވެރިފަރާތުގެ އައި.ޑީ.ކާރޑް ކޮޕީ
  • ޚިދުމަތް ދިނުމަށް ކަނޑައަޅާ ތަނުގެ ތަފްޞީލް އަދި ފޮޓޯ

 

އުޖޫރަ

  • އުޖޫރައާ އެލަވަންސާ ބެހޭ މަޢުލޫމާތު ކުރިމަތިލާ ފަރާތްތަކާއެކު ހިއްޞާކުރެވޭނެއެވެ. 

ސުންގަޑި:

 

ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 08 އޮކްޓޯބަރު 2024 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން ސިޓީ ނުވަތަ އީމެއިލުން  ފޮނުއްވުން އެދެމެވެ. ސިޓީ ފޮނުއްވާނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑް/ހ.ޓޫ ސްޓާރ– 4 ވަނަ ފަންގިފިލާއަށް – ނުވަތަ info@maldivespost.com ނުވަތަ  domesticdispatch@maldivespost.com  އީމެއިލް ކުރެއްވުން އެދެމެވެ.

މިކަމާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މޮބައިލް ނަންބަރ 7966732 އާ ގުޅުއްވުމުން އިތުރު މަޢުލޫމާތު ލިބިވަޑައި ގަންނަވާނެއެވެ.

24 ސެޕްޓެންބަރު 2024
ހޯދާ