ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބު 2024 ގައި އިލެކްޓްރޯނިކް ނިޒާމު މެދުވެރިކޮށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުޅުވައިލުން

21 އޮކްޓޫބަރު 2024 ވާ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި، ވޯޓުލުމަށް ރަޖިސްޓަރީވުމުގެ ފުރުޞަތު 24 ސެޕްޓެންބަރު 2024 ވާ އަންގާރަ ދުވަހުން ފެށިގެން 3 އޮކްޓޫބަރު 2024 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލައިފީމެވެ.

އެހެންކަމުން، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ޤާނޫނީ ވަކީލުންގެ ތެރެއިން މި އިންތިޚާބުގައި ވޯޓުލުމަށް ބޭނުންފުޅުވާ ފަރާތްތަކުން ވޯޓުލުމަށް ރަޖިސްޓަރީވުމަށްޓަކައި، ކަނޑައެޅިފައިވާ ފޯމް:https://forms.gle/xTzifKYPVYisa6DF7  މެދުވެރިކޮށް، 3 އޮކްޓޫބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ކުރިން ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. އީ-ވޯޓިންގ މެދުވެރިކޮށް ބާ ކައުންސިލުން ކުރިން ބާއްވާފައިވާ އިންތިޚާބެއްގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ މަޢުލޫމާތު ބަދަލުވެފައިވާނަމަ، އެފަރާތްތަކުންވެސް މަތީގައިވާ ފޯމު މެދުވެރިކޮށް މަޢުލޫމާތު އަޕްޑޭޓްކުރެއްވުން އެދެމެވެ.

އީ-ވޯޓިންގ މެދުވެރިކޮށް ބާ ކައުންސިލުން ކުރިން ބާއްވާފައިވާ އިންތިޚާބެއްގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުން އަލުން މި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވާކަށްނުޖެހޭނެއެވެ.

އީ-ވޯޓިންގ މެދުވެރިކޮށް ބާ ކައުންސިލުން ކުރިން ބާއްވާފައިވާ އިންތިޚާބުތަކުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތަކުގެ ދަފްތަރު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާނެއެވެ.

24 ސެޕްޓެންބަރު 2024
ހޯދާ