ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
މި ކޮމިޝަންގެ ކޮންފަރެންސް ސިސްޓަމް އަށް ބޭނުންވާ ބައެއް ތަކެތި ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

މިކޮމިޝަނުގައި މިހާރު ބޭނުންކުރަމުންދާ ކޮންފަރެންސް ސިސްޓަމަށް ބޭނުންވާ ބައެއް ތަކެތި ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން  މި އިޢުލާނާއި އެކު މިވާ މަޢުލޫމާތާއި އެއްގޮތަށް 03 އޮކްޓޯބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ކޮމިޝަނަށް ވަޑައިގެން  އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ގަޑިއަށް ހާޒިރުނުވާ ފަރާތްތަކާއި މަޢުލޫމާތު ފުރިމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންނަމަ 01 އޮކްޓޯބަރު 2024 ވާ އަންގާރަ ދުވަހު ގެ 14:00 ގެ ކުރިން it@jsc.gov.mv އަށް މެއިލްކުރެއްވުން އެދެމެވެ.

 

22 ރަބީޢުލްއައްވަލް 1446

25 ސެޕްޓެންބަރު 2024
ހޯދާ