މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ އަށް ބޭނުންވާ ބައެއް ފަރުނީޗަރު ފަރުމާކުރުމުގެ މަސައްކަތްކޮށްދޭނެފަރާތެއް ހޯދުމަށް

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ އަށް ބޭނުންވާ ބައެއް ފަރުނީޗަރު ފަރުމާކުރުމުގެ މަސައްކަތްކޮށްދޭނެފަރާތެއް ހޯދުމަށް

 

މި ކުންފުން ބޭނުންވާ ބައެއް ފަރުނީޗަރު ފަރުމާކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން:

https://forms.office.com/Pages/ResponsePage.aspx?id=TTpmtS2Va0ipZy0EFIgYEv8XwuDLBFtGjwMj6gsDIwVUMFJVVUxXRDM0Tk5LM05QTTNZVlNKM045Si4u

ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރަންވާނީ މަތީގައިވާ ލިންކް މެދުވެރިކޮށް، 29 ސެޕްޓެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 11:00 ގެ ކުރިންނެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

 

 

އަންދާސީހިސާބުބަލައިގަތުމާހުޅުވުން:

ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 03 އޮކްޓޯބަރ ވާ ބުރާސްފަތި ދުވަހުގެ އެގާރަ ގަޑި ސުންމިނެޓު (11:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (ގ.ސިކަންދަރު، ލޮނުޒިޔާރަތް މަގު، މާލެ ސިޓީ) ގެ އޮފީހުގައި ބީލަމުގައި ބައިވެރިވެލައްވާ ބޭފުޅުންގެ ޙާޟިރުގައެވެ.

 

އަންދާސީ ހިސާބު ބަލައިގަތުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

މި ޢިއުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި ޢިއުލާންއާއިއެކު ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

މަޢުލޫމާތު ސާފުކުރުން:

މި މަސައްކަތުގެ ސްކޯޕް އޮފް ވޯރކްސް އާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ، 01 އޮކްޓޯބަރ 2024 އަންގާރަ ދުވަހުގެ އެގާރަ ގަޑި ސުންމިނެޓު (11:00) ގެ ކުރިން procurement@mhcl.mv  އަށް މެއިލް ކުރެއްވުން އެދެމެވެ.

މިސުވާލުތަކަށް 02 އޮކްޓޯބަރ 2024 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން ޖަވާބު އެރުވޭނެއެވެ. އީމެއިލްގެ ޒަރީއާއިން ނޫން އެހެން އެއްވެސް ގޮތަކަށް މި މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކޮށްނުދެވޭނެވާހަކަ ދަންނަވަމެވެ.

25 ސެޕްޓެންބަރު 2024
ހޯދާ