ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އައްޑޫ ގޮފި ހިންގާނެ ޢިމާރާތެއް ހިފުމަށް

މިއޮފީހުގެ އައްޑޫ ގޮފީގެ މަސައްކަތްތައް އިތުރަށް ފުޅާކުރަންޖެހިފައިވާތީ، ގޮފި ހިންގާނެ ޢިމާރާތެއް ހިފުމަށް ކުރެވުނު މިއޮފީހުގެ ނަންބަރު IUL)196-C/1/2015/34)ފ(11 މޭ 2015) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަނުވާކަމަށް ފާހަގަކުރެވޭތީ އެއަންދާސީހިސާބުތައް ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2015 ޖޫން 21 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 13:00 އަށް މިއޮފީހުގެ ސ. އަތޮޅު ގޮތްޕަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ޖޫން 25 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 13:00 އަށް އަންދާސީހިސާބު، މިއޮފީހުގެ ސ. އަތޮޅު ގޮތްޕަށް ހުށަހެޅުއްވުން އެދެމެވެ.

މިއޮފީހުގެ އައްޑޫ ގޮފި މިހާރު ހިނގަމުންދަނީ ސ.ހިތަދޫ/ ބިނާ ގޭގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3000655 ފޯނާ ގުޅުއްވުން އެދެމެވެ.

28 ޝަޢުބާން 1436

15 ޖޫން 2015
ހޯދާ