ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަގުވަޒަން ކުރުމުގެ ޙަފްލާ 2024

ކުޑަހުވަދޫ ރައްޔިތުންގެ ތަރައްޤީއާއި ތަހުޒީބާއި، ރައްޔިތުންގެ ހުނަރާ ފަންނުވެރިކަމާ، ޚިދްމަތްތެރިން ހިމަނައި،

ޢިލްމީ، އިޖްތިމާޢީ، އިޤްތިސާދީ ދާއިރާއިން، ކުޑަހުވަދޫ ރައްޔިތުންގެ

އަގުވަޒަންކޮށް ރައްޔިތުންނަށް ހިތްވަރު ދިނުމުގެގޮތުން އަގު ވަޒަންކުރުމުގެ ޙަފްލާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިޙަފްލާގައި، ތިރީގައި ބަޔާންކޮއްފައިވާ ދާއިރާތަކުން ފާހަގަކުރެވޭ ފަރާތްތަކަށް

އެފަރާތްތަކުގެ އަގު ވަޒަން ކުރުމާ ހިތްވަރު ދިނުމުގެ ގޮތުން ޝަރަފުގެ އެވޯޑް އެރުވޭނެއެވެ.

މިޙަފްލާ އޮންނާނީ 2024 ނޮވެމްބަރ 10 ވަނަ ދުވަހުގެ ރޭގައެވެ.

 2021 މެއި 17 ން 2024 މެއި 16 އަށް އަގުވަޒަން ކުރެވޭ ދާއިރާތަކުގެ ތެރޭގައި

 1- ރައްޔިތު ންނަށްޚިދްމަތްކުރުން، މިބައިގަ ފާހަގަކުރާނީ

ރަށު ފެންވަރުގައި ހިނގާ އެކި ޙަރަކާތްތަކުގައި މެދު ނުކެނޑި ޚިދްމަތްކުރާ ޚިދްމަތްތެރިން،

 

2-     ކުޑަހުވަދޫއަށް ރީތި ނަން ހޯދައިދޭ ފަރާތްތައް، މިބައިގައި ފާހަގަކުރާނީ، ކުޑަހުވަދޫގެ ރަށްވެހިންގެ ތެރެއިން

ރާއްޖެއާއި ރާއްޖޭން ބޭރުގައި ހިންގާ ޑިގްރީ ފެންވަރުން މަތީގެ ކޯސްތަކުގެ 1 ވަނަ

ޕީ.އެޗް.ޑީ ޙާޞިލްކޮށްފައިވާ ކުޑަހުވަދޫގެ ރައްވެހިން

ހާފިޒުން، ނުވަތަ ޤުރްއާން ހިތުދަސް މީހުން

ޤައުމީ ފެންވަރުގެ ޙަރަކާތްތަކުން 1،2،3 ވަނަ

ދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެސްޓް އޯލްރައުންޑަރ

އޯލެވެލް އަދި އޭލެވެލްގެ ޤައުމީ ގަދަ 10 ގައި ހިމެނިފައިވާ ފަރާތްތައް

އޯލެވެލް އަދި އޭލެވެލްގައި ބްރިލިއަންސް ހޯދާފައިވާ ފަރާތްތައް

އޯލެވެލް އަދި އޭލެވެލް ގަދަ 10 ގައި ހިމެނޭ ދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން

ކުޑަހުވަދޫ އެންމެ ބޮޑަށް ޕްރޮމޯޓްކުރާ މީޑިއާ،

ކުޑަހުވަދޫގެ އެންމެ ހިންގުންތެރި ޖަމިއްޔާ،

 3-     ކުޑަހުވަދުއަށް އައު ޚިދްމަތެއް އައު އީޖާދެއް ތަޢާރަފް ކޮށްފައިވާ ފަރާތްތައް،

މިބައިގައި ކުޑަހުވަދޫއަށް އާޚިދްމަތެއް އާއީޖާދެއް ތަޢާރަފް ކޮށް ފައިވާ ފަރާތް/ފަރާތްތައް ފާހަގަކުރެވޭނެ

 4-     ކުޑަހުވަދޫ ކައުންސިލުން ހިންގި  އެކި ޙަރަކާތްތަކުގައި އެހީތެރިވެދެއްވި ފަރާތްތައް

މިބައިގަ ބަލާނީ، ކުޑަހުވަދޫ ކައުންސިލުން ހިންގި އެކި ކަންކަމަށް މާލީގޮތުން އެހީތެރިވެދެއްވި އެންމެ ފާހަގަކުރެވޭ ފަރާތް

 5-     އެކި ޝަޚުސިއްޔަތުތައް، މިބައިގައި ފާހަގަކުރާނީ

ކުޑަހުވަދޫގެ އެންމެ މޮޅު ކުޅިވަރު ޝަހުސިއްޔަތު އަންހެން

ކުޑަހުވަދޫގެ އެންމެ މޮޅު ކުޅިވަރު ޝަހުސިއްޔަތު ފިރިހެން،

ހުރިހާ ޢުމުރު ފުރައެއްގެ ޤައުމީ ޓީމުތަކުގައިހިމެނުނު ކުޑަހުވަދޫގެ ރަށްވެހިން

 6-     އިޤްތިޞާދީ ދާއިރާއިން ފާހަގަ ކުރެވޭ ފަރާތްތައް، / މިބައިގައި ފާހަގަކުރާނީ

ކުޑަހުވަދޫގައި ޚިދްމަތްކުރާ އެންމެ ގިނަދުވަސްވީ ކެޔޮޅު

ކުޑަހުވަދޫގައި ޚިދްމަތްކުރާ (18 އަހަރާ 35 އަހަރާ ދެމެދުގެ) އެންމެ ޒުވާން ކެޔޮޅު

ވިޔަފާރީގެ ދާއިރާއިން އެންމެ ފާހަގަކުރެވޭ ޝަޚްޞިއްޔަތު

އަދި ޓޫރިޒަމް ދާއިރާގެ އެންމެ ފާހަގަކުރެވޭ ޝަޚުސިއްޔަތު،

             ވީމާ، މަތީގައި ދަންނަވާފައިވާ ދާއިރާތަކުން އެވޯޑަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަތީގައި ދަންނަވާފައިވާ ދާއިރާތަކަށް ހުށައެޅޭގޮތުގެ ތަފްޞީލް، އެވޯޑަށް އެދި ހުށައެޅުމުގެ އުޞޫލުގައި ހިމަނާފައިވާނެއެވެ.

އެވޯޑަށް އެދި ހުށައެޅުމުގެ ސުންގަޑިއަކީ، 2024 އޮކްޓޯބަރ 9 ވަނަ ދުވަހުގެ 14:00އެވެ. އެވޯޑަށް އެދި ހުށައަޅާނީ، ގޫގުލް ފޯމުންނެވެ.

ފޯމް ލިންކް ކުޑަހުވަދޫ ކައުންސިލްގެ ފޭސްބުކް ޕޭޖްގައި ޙިއްސާކުރެވިފައިވާނެއެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް، 9555560 އަށް މެސެޖް ކޮއްލަދެއްވުން އެދެމެވެ.

 

އަގުވަޒަންކުރުމުގެ ޙަފްލާ 2024 ޙުށައަޅާނެގޮތާއި، އަގުވަޒަންކުރެވޭ ފަރާތްތައް ކަނޑައަޅާނެ ގޮތުގެ އުޞޫލް 

https://drive.google.com/file/d/13DiuI2pJj9jYFO1Wobq2FEUJrDjUsNC_/view?usp=sharing

ގޫގުލް ފޯމް ލިންކް:

https://forms.gle/j8pwLx4JPgvXQDKu7

25 ސެޕްޓެންބަރު 2024
ހޯދާ