މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލެ ސައުތު ވެސްޓް ހާބަރ ސަރަހައްދުގައި ހުރި ހަރުގަނޑަކާއި ބައިސްކަލަކާއި ބެހޭ.

މާލޭ ސައުތު ވެސްޓް ހާބަރ/ ޓީ-ޖެޓީ ސަރަހައްދުގައި ޙަވާލުވާނެ ފަރާތެއް ނޭގި ގިނަ ދުވަސްތަކެއް ވެފައިވާ  ހަރުގަނޑަކާއި ބައިސްކަލެއް ހުރުމާއިއެކު މި ތަކެތީގެ ވެރި ފަރާތެއް ވާނަމަ، މިއަދުން ފެށިގެން 3 ދުވަހުގެ ތެރޭގައި ޙަވާލު ވުމަށް ދަންނަވަމެވެ.

         އަދި 3 ދުވަހުގެ ތެރޭގައި ޙަވާލު ނުވެއްޖެނަމަ މާލެ ހުޅަނގު ދެކުނު ހާބަރު ބެނުންކުރުމުގެ އުސޫލުގެ 15 ވަނަ މާއްދާގެ (ށ) ގައި ވާ ގޮތުގެ މަތިން މިތަކެތީގެ ވެރި ފަރާތެއް ނެތްކަމަށް ބަލައި، ހަމަޖެހިފައިވާ އުޞޫލުތަކުގެ މަތިން މިތަކެތި ނީލަމުގައި ވިއްކާލުން، ނުވަތަ ނައްތާލެވޭނެ ވާހަކަ އަންގައި އިޢުލާން ކުރަމެވެ.

މިކަމާއި ގުޅޭނެ ނަންބަރ : 3039644 ، 9755722

ނޯޓް: ހަރުގަނޑު އަދި ބައިސްކަލު ގެ ފޮޓޯ އެއް ހީރަސް ކުރެވިފައިވާނެވެ.

26 ސެޕްޓެންބަރު 2024
ހޯދާ