އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިމަންދޫ ޓްއަރިޒަމް ޒޯނުން 2 ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ

އިޢުލާން

ހިމަންދޫ ޓްއަރިޒަމް ޒޯނުން 2 ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ

 

 

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ހިމަންދޫ ޓްއަރިޒަމް ޒޯނުން ޓްއަރިސްޓް ހޮޓާ ގެސްޓްހައުސް ހެދުމަށް5500  އަކަފޫޓްގެ 2 ބިން ކުޔަށް ހިފުމުގެ ފުރުޞަތު ހުޅުވާލުން

 

ބީލަމަށް ރަޖިސްޓްރީކުރުމާއި ބީލަން ފޮތް ބައްލަވައި ގަތުން

  • މި ބިންތައް ކުއްޔަށް ނެގުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން، 24 އޮކްޓޯބަރ 2024 ވާ ބްރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބިޑް ރަޖިސްޓަރީ ކުރަންވާނެއެވެ. ބިޑު ރަޖިސްޓަރ ކުރެއްވުމަށް މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ މަޢުލޫމާތު ޝީޓު ފުރިހަމަ ކޮށް މިއިދާރާގެ projects@himandhoo.gov.mv  އީމެއިލް އަށް މެއިލް ކުރެއްވުން އެދެމެވެ.         
  • ބީލަމަށް ރަޖިސްޓްރީކޮށް ބީލަން ފޮތް ގަންނަން ބޭނުންވާ ފަރާތްތަކަށް ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައި ވަނީ 5000ރ ( ފަސްހާސް ރުފިޔާ ) އަށެވެ. ބީލަން ފޮތް ގަތުމަށް ޚަރުދު ކުރި ފައިސާއަކީ އަނބުރާ ލިބޭނެ ފައިސާއެއް ނޫނެވެ.
  • ބީލަން ފޮތް ބައްލަވައި ގަނެވޭނީ ހަމަ އެކަނި ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.  

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ  30 އޮކްޓޯބަރ 2024 ވާ ބުދަ ދުވަހުގެ 13:30 ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
  • މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސްތައް ބީލަންވެރިންނަށް އީމެއިލް ކުރެވޭނެއެވެ.
  • ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 9880254 އަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ބީލަން ހުށައެޅުން

 

  • ބީލަން ހުޅުވުން އޮންނާނީ  14 ނޮވެމްބަރ 2024 ވާ ބްރާސްފަތި ދުވަހުގެ 13:30 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
  • ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ ބިމަކަށް 1 ބީލަމެވެ.

     

                                       މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                                                  23 ރަބީޢުލްއައްވަލު 1446ހ

                                                    26 ސެޕްޓެމްބަރ 2024މ.

26 ސެޕްޓެންބަރު 2024
ހޯދާ