މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.އޭދަފުށި މަލްޓިޕާރޕަސް އިމާރާތުގެ ހޯލް ސްޓޭޖްގައި ފަރުދާ ހަރުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ބ.އޭދަފުށި މަލްޓިޕާރޕަސް އިމާރާތުގެ ހޯލް ސްޓޭޖްގައި ފަރުދާ ހަރުކޮށްދޭނެ ފަރާތެއް ހޯދުން

ބ.އޭދަފުށި މަލްޓިޕާރޕަސް އިމާރާތުގެ ހޯލް ސްޓޭޖްގައި ފަރުދާ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީވެ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

ބީލަމުގައި ރަޖިސްޓްރީވުން:

ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 26 ސެޕްޓެމްބަރ 2024 (ބުރާސްފަތި) ދުވަހުން ފެށިގެން 06 އޮކްޓޯބަރ 2024 ވާ (އާދީއްތަ) ދުވަހުގެ 13:45 އާއި ހަމައަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ނުވަތަ އީމެއިލްގެ ޒަރިއްޔާއިން ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދި އިމެއިލްގެ ޒަރިއްޔާއިން ރަޖިސްޓްރީވުމަށް އެދި ހުށަހަޅާނަމަ، ވިޔަފާރި/ކުންފުންނިތަކުން އެފަރާތުގެ ވިޔަފާރީގެ ނަން، ރަޖިސްޓްރީ ނަންބަރު، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް، ޖެއްސެވުމަށްފަހު info@eydhafushi.gov.mv އަށް އީ-މެއިލް ފޮނުވަންވާނެއެވެ. ސުންގަޑީގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތައް މިބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

ލިންކު: https://forms.gle/Xjsknv5BnFB4QePt8

 

ބީލަމާއި ގުޅޭ މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސްތަކާއި، ބީލަމާއިއެކު ހުށަހަޅަންޖެހޭ ޖަދުވަލްތައް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީ-މެއިލްކުރެވޭނެއެވެ.

މިބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 07 އޮކްޓޯބަރ 2024 ވާ ހޯމަ ދުވަހުގެ 13:30 ގައި ބ.އޭދަފުށީ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ. މަޢުލޫމާތުދިނުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ.  މި ބީލަމާއިގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ،  10 އޮކްޓޯބަރ 2024 ވާ (ބުރާސްފަތި) ދުވަހުގެ 14:00ގެ ކުރިން، މިއިދާރާއަށް އީމެއިލް މެދުވެރިކޮށް  info@eydhafushi.gov.mv އަށް ހުށަހެޅުއްވުން އެދެމެވެ. އަދި ފޯނުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދަންނަވަމެވެ.

ބީލަމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ކޯޓޭޝަން / އެސްޓިމޭޓް

2-      ކުންފުނި/ޕާޓްނަރޝިޕް/ ކޯޕަރޭޓިވް ސޮސައިޓީ/ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރެޖިސްޓްރީގެ ކޮޕީ

3-      ޖީއެސްޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީ (ޖީ.އެސް.ޓީއަށް ރެޖިސްޓްރީކޮށްފައިވާނަމަ)

4-      ބީލަމުގައިސޮއިކުރުމުގެހުއްދަލިޔުން (ޕަވަރއޮފްއެޓާރނީ)

5-      ވިޔަފާރީގެ ފީ އެންމެފަހުން ދެއްކި ރަސީދުގެ ކޮޕީ 2023 ވަނަ އަހަރަށް (ކުންފުނި އަދި ޕާރޓްނަރޝިޕްއެއްނަމަ)

6-      ތަޖުރިބާ ލިޔުންތައް

7-      ޖަދުވަލުތައް (ފުރިހަމަކުރުމަށްފަހު)

 

ބީލަންތައް އިވެލުއޭޓް ކުރުން:

#

ތަފްޞީލް

1

ހުށަހަޅާ އަގު: (90 ޕޮއިންޓް)

 

  • ހުށަހެޅި އެންމެ ހެޔޮ އަގު / ހުށަހެޅި އަގު x 90

2

ހުށަހަޅާ މުއްދަތު: (5 ޕޮއިންޓް)

 

  • މުއްދަތަށް ޕޮއިންޓް ދޭނީ އެންމެ ކުޑަ މުއްދަތު ހުށަހަޅާ ފަރާތަކަށް ފުލް ޕޮއިންޓްދީ އެނިސްބަތަށް ބަލައި ދެން ހުށަހަޅާ މުއްދަތަކަށް ޕޮއިންޓް ލިބޭގޮތަށް ފްރެކްޝަން އުޞޫލުންނެވެ.
  • ހުށަހެޅި އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު x 5

3

ތަޖުރިބާއަށް ޕޮއިންޓް ދޭނެ ގޮތް (5 ޕޮއިންޓް)

 

  • އެންމެ ގިނަ މާކްސް ލިބޭނީ މިމަސައްކަތާއި ގުޅުންހުރި ތަކެތި ސަޕްލައިކޮށް އެންމެ ގިނަ ލިޔުންހުށަހަޅާ ފަރާތަކަށް
  • ތަޖުރިބާގެ ލިޔުންތައް ކަމައްބަލައި ޕޮއިންޓްދެވޭނީ ދޮރުފޮތި ހަރުކުރުމުގެ މަސައްކަތް 01 ޖެނުއަރީ 2022 ވަނަ ދުވަހުން ފެށިގެން ބީލަން ހުށަހަޅާ ދުވަހާއި ހަމައަށް ކޮށްފައިވާ މަސައްކަތްތަކަށް ދޫކޮށްފައިވާ ލިޔުންތަކަށެވެ.
  • ހުށަހެޅި އެންމެ ގިނަ ލިޔުންތަކުގެ އަދަދު / ބެންޗްމާރކް ގެ ގޮތުގައި ކަނޑައެޅި ލިޔުންތަކުގެ އަދަދު x 5

 

ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން:

 

ބީލަން ހުށަހެޅުން އޮންނާނީ 2024 އޮކްޓޯބަރ 13 ވާ އާދީއްތަ ދުވަހުގެ 13:30 ގައި ބ.އޭދަފުށީ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ.  ބީލަން ހުޅުވުމަށް ހަމަޖެހިފައިވާ ތަނަށް ހާޟިރުވާއިރު ހާޟިރުވާ ފަރާތުގެ އައި.ޑީ ކާޑު ނުވަތަ ފޮޓޯޖެހި ކާކުކަން އަންގައިދޭ ލިޔުމެއް އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެމީހަކީ އެފަރާތެއްގެ ނުވަތަ އެވިޔަފާރީގެ ފަރާތުން ކަނޑައަޅާފައިވާ ފަރާތެއްކަން އެނގޭނެފަދަ ލިޔުމެއް ނުވަތަ ބޯޑު ރިޟޮލިއުޝަނެއް ހުށަހަޅަންވާނެއެވެ.

ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހެޅޭ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ .ބީލަން ހުޅުވުން އޮންނާނީ 13 އޮކްޓޯބަރ 2024 ވާ އާދީއްތަ ދުވަހުގެ 13:35 ގައި  މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި، ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަން ހުންނަންވާނީ ބީލަން ކަރުދާހުގައިވާ މައުލޫމާތާއި އެއްގޮތަށެވެ.

މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

26 ސެޕްޓެންބަރު 2024
ހޯދާ