މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ކުޑަފަރީ ބަނދަރު ސަރަހައްދުގައި ފެރީޓާމިނަލް ހެދުމުގެ މަސައްކަތްކޮއްދޭނޭ ބަޔަކު ހޯދުން

މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ލަފާފުރުމުގެ ކަންކަން އިތުރަށް ތަނަވަސްކޮށް އާންމުންނަށާއި ރަށުން ބޭރުން މިރަށަށް ޒިޔާރަތްކުރާ ދަތުރުވެރިންނަށް ޓާމިލްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން، ނ. ކުޑަފަރީގައި މިވަގުތު ބޭނުންކުރަމުންދާ މަސްމާރުކޭޓާ އިން ވެގެން ދަތުރުވެރިން މަޑުކޮށްގެން ތިބޭނެ ޖާގައަކާއި، ކެފެޓީރިއާއާއި ދެ ފާޚާނާ، މި އިދާރާއިން ތަކެތި ދިނުމުން އިމާރަތްކޮށްދޭނޭ ބަޔަކު ހޯދާން ބޭނުންވެއެވެ.

ބީލަމުގައި އަދި މައުލޫމާތު ބައްދަލުވުމުގައި ބައިވެރިވެވޭނީ، ހަމައެކަނި އެ ކަމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީވާން ހުށަހަޅާނީ 2024 އޮކްޓޯބަރު 03 ވާ ބުރާސްފަތި ދުވަހު މެންދުރު 13:00 ގެ ކުރިން، ތިރީގައި ދީފައި އެވާ ލިންކު ގައިވާ ފޯމު ފުރިހަމަކޮށްގެންނެވެ.

https://shorturl.at/9TG7W

 މައުލޫމާތު ބައްދަލުވުން އޮންނާނީ 2024 އޮކްޓޯބަރު 03 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 13:00 ގައި މި އިދާރާގައެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މި މަސައްކަތަށް ބީލަން ހުށަހަޅާނީ އެ ކަމަށް ތައްޔާރުކޮށްފައިވާ ބީލަން ފޯމުންނެވެ. ބީލަން ފޯމެއްގެ އަގަކީ 100.00ރ. (އެއް ސަތޭކަ ރުފިޔާ) އެވެ. ބީލަން ފޯމް ވިއްކާން ހަމަޖެހިފައިވަނީ 2024 އޮކުޓޯބަރ 03 ވާ ބުރާސްފަތި ދުވަހު މެންދުރު 13:00 އިން ފެށިގެން 2024 އޮކުޓޯބަރ 10 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް، މި އިދާރާއިންނެވެ.

ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ 2024 އޮކުޓޯބަރ 10 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 13:00 ގައި މި އިދާރާ ގައެވެ.

ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވާ ކޮންމެ ވިޔަފާރިއަކުން އެ ވިޔަފާރިއެއްގެ ވިޔަފާރި ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ހުށަހަޅާން ވާނެއެވެ.

ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލު ގައި މީހަކު ފޮނުވާ ނަމަ އެކަން އަންގައިދޭ ސިޓީއަކާ އެކު ފޮނުވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރާން ތިރީގައިވާ ނަންބަރަށް ގުޅުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރުން އެދެމެވެ.

ކައުންސިލް އިދާރާގެ ފޯނު ނަންބަރު:

6560015

ކައުންސިލް މޯބައިލް ފޯނު ނަންބަރު:

7763264

ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް:

procurement@kudafari.gov.mv

ޕްރޮޖެކްޓް ފޯކަލް ޕޮއިންޓް
(ޢަލީ މުޒުހިރު، ކައުންސިލް އެގްޒެކެޓިވް):

7217070

26 ސެޕްޓެންބަރު 2024
ހޯދާ