މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ކިހާދޫ ކައުންސިލް އިދާރާގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެފަރާތެއް ހޯދުން

މި ކައުންސިލްގެ އިދާރާގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު: (IUL)316/316/2024/79 އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަކަށް އެސްޓިމޭޓް ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާތިލުކުރުމަށްފަހު އަލުން އެސްޓިމޭޓް ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކައުންސިލުން ދޭ މަޢުލޫމާތާއި، ކުރެހުންތަކާއި އެއްގޮތަށް މި އިދާރާގައި ހުރި މަރާމާތުގެ މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.  ވީމާ،އަމިއްލަތަކެތީގައި މިމަސައްކަތްތަށް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން 2024 އޮކްޓޯބަރ 03 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭފޯމް ފުރުއްވާ މި އިދާރާގެ އީމެއިލް:procurement@kihaadhoo.gov.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 މަޢުލޫމާތު ސާފުކުރުން:

ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 2024 އޮކްޓޯބަރ 06 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި، ކިހާދޫ ކައުންސިލްގެ އިދާރާގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ. 

މިމަސައްކަތާގުޅޭ މަސައްކަތުގެ ތަފްސީލް ކަރުދާސް ބީލަމުގެ ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ. ބީލަމާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ އީމެއިލް ކުރައްވާނީ procurement@kihaadhoo.gov.mv  އީމެއިލް އެޑްރެހަށެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން:

ބީލަން ހުޅުވުން އޮންނާނީ 2024 އޮކްޓޯބަރ 09 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގައި ކިހާދޫ ކައުންސިލް އިދާރާގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަންވެސް ބަލައިގަންނަގޮތަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ސެޕްޓެންބަރު 2024
ހޯދާ