ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަޑަވެލި ކައުންސިލާއި މަޑަވެލި ޑަބްލިއުޑީސީ އާއި ގުޅިގެން ހިންގާ "ކަސަބު ވިޔަން ދަސްކޮށްދޭ ކޯސް" ހިންގައިދޭނެ ފަރާތެއް ހޯދުމަށް

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ގދ. މަޑަވެލީގައި ދިރިއުޅޭ އަންހެން ކަނބަލުންނަށް ޙާއްޞަކޮށްގެން ހިންގަން ހަމަޖެހިފައިވާ "ކަސަބު ވިޔަން ދަސްކޮށްދޭ ކޯސް" ރާވާ ހިންގައި ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިއިޢުލާނާއިއެކު، މި ކޯހުގެ މަޢުލޫމާތު ކަރުދާހާއި އަދި 'އަގުހުށަހަޅާ ފޯމު' އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

26 ސެޕްޓެމްބަރ 2024 ން 03 އޮކްޓޯބަރ 2024 ވާ (ބުރާސްފަތި) ދުވަހުގެ ހެނދުނު 11:00އާއި ހަމައަށް ތިރީގައިވާ ލިންކުގައިވާ ރަޖިސްޓްރޭޝަން ޝީޓްގެ ގޫގުލް ފޯމް ފުރުއްވައިގެން:

ޕްރީބިޑް މީޓިންގ:

03 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގައި (މަޑަވެލި ކައުންސިލްގެ މީޓިންގ ރޫމްގައި)

ބިޑް ބަލައިގަތުން:

13 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި (މަޑަވެލި ކައުންސިލްގެ މީޓިންގ ރޫމްގައި)

      

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، މަތީގައި ދެންނެވިފައިވާ ތާރީޚުތަކުގައި ބީލަމުގައި ބައިވެރިވެލެއްވުން އެދެމެވެ. އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ގަޑި ޖެހުމަށްފަހު ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ. އަދި މިމަސައްކަތް ކުރުމަށް ވިޔަފާރި ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ވާހަކަވެސް ދެންނެވީމެވެ.           

             މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

26 ސެޕްޓެންބަރު 2024
ހޯދާ