ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
މި ކޯޕަރޭޝަނުގައި ހުރި ބައުތަކެތި ނީލަން ކިޔުމާ ގުޅޭ - ސްކްރެޕް ދަނގަޑު، ވެހިކަލް ސްކްރެޕް ގޮތުގައި

މި ކޯޕަރޭޝަނުގައި ހުރި ބައުތަކެތި ނީލަން ކިޔުމާ ގުޅޭ

 

މިކޯޕަރޭޝަނުގައި ހުރި ބައެއް ތަކެތި ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 08 އޮކްޓޯބަރު 2024 (އަންގާރަ) ދުވަހުގެ ހެނދުނު 09:00 ގެ ކުރިން، ނީލަމުގައި ރަޖިސްޓްރީވާން އެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ. އަދި، މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ އީމެއިލް މެދުވެރިކޮށް fixed.assets@hdc.mv އަށް މެއިލް ކުރެއްވުން އެދެމެވެ. އެއާއެކު، ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

1- ނީލަންކިޔާ ތަކެތި ބެލުމާއި މައުލޫމާތު ދިނުން:

ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކަށް، ނީލަންކިޔާ ތަކެތި ދެއްކުމާއި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ، 02 އޮކްޓޯބަރު 2024 (ބުދަ) ދުވަހުގެ ހެނދުނު 11:00 ގައި މިކޯޕަރޭޝަންގެ ހެޑް އޮފީސް / މުނިސިޕަލް ސައިޓު )އެމް.އެސް.އޯ) ގަ އެވެ.

 

2- ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްސީލު:

ސްކްރެޕް ދަނގަޑު، ވެހިކަލް ސްކްރެޕް ގޮތުގައި

ނީލަން ކިޔާ ތަކެތި

= 250،000 ( ދެލައްކަ ރުފިޔާ )

ލޮޓް 1 ފަށާއަގު

=125،000 (އެއްލައްކަ ފަންސަވީސް ހާސް)

ސެކިއުރިޓީ ޑިޕޮސިޓް

26 ސެޕްޓެންބަރު 2024
ހޯދާ