ހޭންޑްބޯލް މޯލްޑިވްސް
ދިވެހިރާއްޖެ
11 ވަނަ ޤައުމީ ހޭންޑްބޯލް މުބާރާތް 2024

މި އެސޯސިއޭޝަނުގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ 11 ވަނަ ޤައުމީ ހޭންޑްބޯޅަ މުބާރާތް 18 އޮކްޓޯބަރ 2024 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް އެދޭ މި އެސޯސިއޭޝަންގެ މެމްބަރު ކްލަބްތަކުން، މުބާރާތުގައި ބައިވެރިވުމުގެ ފޯމު ފުރިހަމަކުރެއްވުމަށްފަހު 06 އޮކްޓޯބަރ 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި އެސޯސިއޭޝަނަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި މުބާރާތުގައި ބައިވެރިވާ ކުލަބުތަކުގެ ޓީމް ލިސްޓް 15 އޮކްޓޯބަރ 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި އެސޯސިއޭޝަންގެ އޮފީހަށް ހުށައެޅުން އެދެމެވެ. މުއްދަތު ހަމަވުމަށްފަހުގައި ހުށަހަޅާ ފޯމްތައް ބަލައި ނުގަންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި މުބާރާތުގެ ޤަވާއިދު މި އިއުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ.

މުބާރާތުގައި ބައިވެރިވާ ކުލަބްތަކުގެ މެދުގައި ގުރުއަތުލުން ބޭއްވޭނެ ތަނަކާއި ވަގުތު ފަހުގެ ތާރީޚެއްގައި އަންގާނެ ވާހަކަ ދަންނަވަމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް މި އެސޯސިއޭޝަން ގެ ޖެނެރަލް ސެކްރެޓަރީ (9879555) އާއި ގުޅުއްވުން އެދެމެވެ.

29 ސެޕްޓެންބަރު 2024
ހޯދާ