މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
'ނޭޝަނަލް ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑު' ގެ މެންބަރުކަމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

ބޯޑުގެ ނަން

ނޭޝަނަލް ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑު

މަޤާމު

ޚިދުމަތް ލިބިގަންނަ ފަރާތްތައް ތަމްސީލުކުރާ ފަރާތެއް.

ބޭނުންވާ ޢަދަދު

1 (އެކެއް)

މެމްބަރުކަމުގެ ދައުރު

5 (ފަހެއް) އަހަރު

ބޯޑުގެ މެމްބަރުންގެ މައިގަނޑު މަސްއޫލިއްޔަތުތައް

(ހ) ކާބޯތަކެތީގެ ފެންވަރާއި ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުންނާއި ކާބޯތަކެއްޗަކީ ޞިއްޙަތަށް ފައިދާހުރި ތަކެތި ކަމުގައި ކަށަވަރުކުރުމާ ގުޅޭގޮތުން އޮތޯރިޓީއަށް ލަފަޔާއި އިރުޝާދާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން؛

(ށ) ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގައި އޮތޯރިޓީއަށް ލަފާދިނުން.    

މެންބަރުކަމުގެ ޚާއްސަ ޝަރުޠު

  1. ކާބޯތަކެތީގެ ޚިދުމަތްދޭ ވިޔަފާރިއެއް ނުވަތަ ކާބޯތަކެތީގެ ޚިދުމަތްދޭ އެނޫންވެސް ތަނެއްގައި މަޞްލަޙަތެއް އޮތް ފަރާތެއް ކަމުގައި ނުވުން.

އެހެނިހެން

މަޤާމަށް ޢައްޔަންކުރުމުގައި ޚިދުމަތް ލިބިގަންނަ ފަރާތްތައް ތަމްސީލުކުރާ ޖަމްޢިއްޔާތަކުން ކަނޑައަޅާ ފަރާތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ‏މެމްބަރުކަމަށް އެދި ހުށަހަޅާ ލިޔުން ނުވަތަ ސިޓީ؛
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

‏(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ‏‏ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ‏‏ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ ސެޓްފިކެޓު ނެތް ‏‏ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ‏‏ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ‏‏ޓްރާންސްކްރިޕްޓްގެ ކޮޕީ‏

‏(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ‏‏ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ‏‏ޓްރާންސްކްރިޕްޓްގެ ކޮޕީ.‏

  1. މެންބަރުކަމަށްއެދޭ ފަރާތަށް ލިބިފައިވާ ތަޖުރިބާ ބަޔާންކޮށްދިނުމަށް ޓަކައި މެންބަރުކަމަށް ‏‏އެދޭ ފަރާތް އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު (އަހަރާއި މަހާއި ދުވަސް ‏‏އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ‏‏ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ‏‏ލިޔުމުގެ ކޮޕީ.‏
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ‏
  3. ވަނަވަރު (ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އެނގޭނެގޮތަށް)‏

 

ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު 10 އޮކްޓޯބަރ 2024 ގެ 13:00 ގެ ކުރިން legal@health.gov.mv އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް އެޕްލިކޭޝަން ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014342 ނުވަތަ 3014336 އެވެ.

30 ސެޕްޓެންބަރު 2024
ހޯދާ