ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: އެސިސްޓެންޓް ކައުންސިލް އޮފިސަރ

މަޤާމް :އެސިސްޓެންޓް ކައުންސިލް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

އެސިސްޓެންޓް ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-370311

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ، ގއ. ދާންދޫ

މުސާރަ:

-/4465 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ (މަހަކު)

ސްޕެޝަލް ޑިއުޓީ އެލަވަންސް:

-/1562.75 ރުފިޔާ (މަހަކު)

ސަޕޯޓިންގ ކޯ އެލަވަންސް:

700/- ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  4. ރަމަޟާން އެލަވަންސް: އަހަރަކު 3000.00 ރުފިޔާ (ތިންހާސް ރުފިޔާ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދީނީ ގޮތުންނާއި ޤައުމީގޮތުން ފާހަގަ ކުރަންޖެހޭ ދުވަސްތަކާއި، މުނާސަބަތުތައް ފާހަގަކުރުމަށް، ބާއްވާ އިޙުތިފާލުތައް ބޭއްވުމުގެ އިންތިޒާމްތައް ކައުންސިލްގެ މަޝްވަރާގެ މަތީން ރާވައި ބެލެހެއްޓުން.
  2. ކައުންސިލް އިދާރާއަށް ފައިސާ ބަލައިގަތުމާއި،ލިބޭ ފައިސާގެ ތަފްސީލް ބެލެހެއްޓުމާއި ދުވަހުން ދުވަހަށް ލިބޭ ފައިސާ ފައިސާއިބެހޭ މުވައްޒަފާއި ޙަވާލުކުރުން.ޒަކާތު ފައިސާ ބަލައިގަތުމާއި އަދި ޒަކާތު ފައިސާ ބެހުމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުމާއި އަދި މިކަމާއި ގުޅިގެން މީރާއަށް ފޮނުވަންޖެހޭ ރިޕޯޓްތައް ހެދުމާއި ފަޤީރުންގެ ލިސްޓަށް އަންނަ ބަދަލުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  3. ކައުންސިލަށް ލިބޭ ސިޓީ،މެސެޖް.އަދި ލިއުންތައް ޖެމްސް އަށް އަޅާ އަޕްޑޭޓްކޮށް ބެލެހެއްޓުން އަދި ކައުންޓަރަށް އަންނަ ލިޔުންތައް އެންޓްރީ ކުރުމާއި އަދި އިދާރީބޭނުމަށް ބޭނުންކުރާ ފޮތްތަކާއި އަދި ފައިލްތައް ތަރުތީބުން ރައްކާތެރިކަމާއެކު ބެލެހެއްޓުން. ޔުނިޓްގެ މުވައްޒަފަކު ޗުއްޓީނެގުމުން އިދާރީ މަސައްކަތް ސެކްޝަން ހެޑް އަންގާ ގޮތެއްގެ މަތިން ކުރުން.
  4. ކައުންސިލް ބިއުރޯގައި އިދާރީ މަސައްކަތް ކުރައްވާ އިދާރީ މުވައްޒަފު އަހަރީ ޗުއްޓީ ނުވަތަ އިމަޖެންސީ ޗުއްޓީގައި ހުންނަވާ ދުވަސްވަރު ސެކްރެޓަރީ ޖެނެރަލްގެ ލަފާއި މަޝްވަރާގެ މަތިން ކައުންސިލްގެ ސެކްރެޓޭރިއޭޓްގެ ޒިންމާ އަދާކޮށް ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  5. ޕޯސްޓުން އަންނަ ތަކެތި ކަލެކްޓްކޮށް އެތަކެތި ގަވާއިދުން ހަވާލުކުރުމުގެ މަސައްކަތް ދުވަހުން ދުވަހަށްކޮށްސަޕޯޓް ސްޓާފުން މެދުވެރިކޮށް ނިންމައި ކަމާއި ގުޅޭ ލިޔެކިއުންތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  6. އިސާއާއި ބެހޭ މަސައްކަތްތަކުގައި ވިޔަމޮޑިއުލްގެ ހަވާލުކުރެވޭ ރޯލް އަދާކުރުން. ޒަކާތުގެ ގޮތުގައި ކައުންސިލުން ބަލައިގަންނަ ފައިސާއާއި އެކިއެކި ކަންކަމުގައި ކައުންސިލުން އޮންލައިންކޮށްނާއި ކޭޝްކޮށް ބަލައިގަންނަ ފައިސާ ދުވަހުން ދުވަހަށް ވިޔަ މޮޑިއުލްއަށް އަޕްޑޭޓްކޮށް ފައިސާގެ ރަސީދު ހަދައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  7. ކައުންސިލް އިދާރާއަށް ބޭނުންވާ ސްޓެޝަނަރީ އައިޓަމްތަކާއި،ފޮޅާސާފުކުރުމަށް ބޭނުންވާ ތަކެއްޗާއި މުދަލާއި ތަކެތި މާލިއްޔަތުގެ ޤަވާއިދާއި އެއްގޮތަށް  ހޯދާ ސްޓޮކަށް އެތަކެތި ވައްދައި  ސްޓޮކުން ތަކެތި ދޫކޮށް އަދި އެކަމާބެހޭ ލިޔެކިއުންތައް ޤަވާޢިދާއި އެއްގޮތަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  8.   ކައުންސިލް އިދާރާއިން ހިންގާ އެކިއެކި ޕްރޮޖެކްޓްތަކަށް ބޭނުންވާ ތަކެއްޗާއި  ހަރުމުދާ ފަދަ ތަކެތި ހޯދުމާއި އަދި ޕްރޮކިއުމަންޓްގެ މަސައްކަތް ކުރުމާއި އަދި ކައުންސިލްގެ ހަރުމުދަލުގެ އިންވެންޓްރީ  ގަވާއިދުން ބެލެހެއްޓުމާއި އެހެނިހެން ތަކެތީގެ އިންވަންޓްރީ ބެލެހެއްޓުމާއި ޑޮކިއުމަންޓްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  9. ކުނިއުކާލުމުގެ ޕްރޮގްރާމްގެ ދަށުން ކުނިއުކާލަން ބޭނުންވާ ސަރުކާރުގެ އިދާރާތަކާއި އާންމުންގެ ގެދޮރާއި ތަންތަން ކުނި ރަޖިސްޓްރީކުރުމާއި،ކުނި ރަޖިސްޓްރީކޮށްފައިވާ ފަރާތްތައް އަޕްޑޭޓްކޮށް ރަޖިސްޓްރީ ބެލެހެއްޓުމާއި،އަމިއްލަ ގޮތުން ކުނިއުކާލާ ފަރާތްކުގެ ރަޖިސްޓްރީ އެއް ބެލެހެއްޓުމާއި.ކައުންސިލް އިދާރާ މެދުވެރިކޮށް ކުނިއުކާލާ ފަރާތްތަކުގެ މަސްދުވަހުގެ ފީ އާއި އަމިއްލަ ގޮތުން ކުނި އުކާލާ ފަރާތްތަކުގެ ސްޓިކާރ ފީ ކައުންސިލަށް ބަލައި ގަތުމާއި އަދި ފައިސާ ނުދައްކާ ފަރާތްތަކަކީ ކޮބާތޯ ބަލައި ފައިސާ ހޯދަން އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުމާއި މިކަން ސެކްރެޓަރީ ޖެނެރަލްގެ ސަމާލުކަމަށް ގެނެސް ދިނުން.
  10. 10. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  11. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  12. ތެދުވެރިކަމާއި އިންސާފުވެރިކަމާއި އެކު ސިޔާސީ ނުފޫޒުން އެއްކިބާވެ ސިވިލް ސަރވިސް ޤަވާއިދާއި ކޯޑް އޮފް ކޮންޑެކްޓްގައިވާ ގޮތަށް ޕްރޮފެޝަނަލް ކޮށް މަސައްކަތްތައް ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ކުރުން.
  1. މަޤާމުގެ ޝަރުޠުތައް:
  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
  2. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

-

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

-   އެޑްމިނިސްޓްރޭޝަން

-   މެނޭޖްމެންޓް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/Policy/DownloadFile/8   
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ހުށަހެޅެން ނެތް ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ޕޮއިންޓް

1-އަސާސީ ޝަރުޠުހަމަވުމުން ދެވޭ (%30)

30

2-ޝަރުޠުހަމަވުމަށް ބޭނުންވާ ސަނަދަށްވުރެ މަތީ ސަނަދެއް އޮތްނަމަ ދެވޭ(%5)

5

3-ޝަރުޠުހަމަވުމަށް ބޭނުންވާ ތަޖުރިބާގެ އިތުރުން ލިބިފައިވާ ތަޖުރިބާއަށް ދެވޭ(%5)

5

4-އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (% 25)

25

5-އިންޓަރވިއު (%35)

35

ޖުމްލަ: (މަޤާމަށް އައްޔަންކުރެވޭނީ ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 60 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބިގެންނެވެ)

100

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ގއ. ދާންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް secretariat@dhaandhoo.gov.mv  މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިހާނު އޮންނާނީ ގއ. ދާންދޫ ކައުންސިލް އިދާރާގައި، ނުވަތަ އެ އިދާރާއިން ކަނޑައަޅާތަނެއްގައިއެވެ. މިކަން އޮންނާނީ 15 އޮކްޓޯބަރ 2024 އާއި 16 އޮކްޓޯބަރ 2024 އާއި ދެމެދުގައެވެ. (އިންޓަވިއު އާއި އިމްތިހާނު ކުރިއަށް ގެންދެވޭނީ ގއ. ދާންދޫ ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ތަނެއްގައި ނުވަތަ "ވީޑިއޯ ކޮންފަރެންސް" މެދުވެރިކޮށެވެ.) ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއުއަށާއި، އިމްތިހާނަށް ތައްޔާރުވެގެން ތިބުމަށްވެސް  ދަންނަވަމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ދިވެހި ސަރުކާރުގެ ގެޒެޓް ގައާއި، މި އިދާރާގެ ވެބްސައިޓުގައި އާއި މިއިދާރާގެ ނޯޓިސްބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާއި ގުޅިގެން މަޢޫލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6820026 އަށެވެ. އަދި އީ-މެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ ހުށަހަޅުއްވާނީ secretariat@dhaandhoo.gov.mv  މި އީމެއިލް މެދުވެރިކޮށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކާއި އަދި ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ https://www.csc.gov.mv/Policy/Index/51  އިން ލިބެން ހުންނާނެއެވެ.

 

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

30 ސެޕްޓެންބަރު 2024
ހޯދާ