ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ މަގު ހެދުމާއި، ބިންތަކުގެ އިންވަކިކޮށްދޭނެ ފަރާތެއް ހޯދުމަށް

  1. ކޮނޑޭގައި އަލަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ މަގު ހެދުމާއި، ޖީ.ޕީ.އެސް ބޭނުން ކޮށްގެން ގޯތިތަކާއި، ދަނޑުބިންތަކާއި، ޓޫރިޒަމް ބިންތަކުގެ އިންވަކިކޮށް ކޮލަމް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
  2. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރެވޭނީ 01 އޮކްޓޯބަރ 2024 އިން 09 އޮކްޓޯބަރ 2024ގެ ނިޔަލަށް info@kondey.gov.mv އަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ހުށަހަޅައިގެންނެވެ. އަދި ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  09  އޮކްޓޯބަރ 2024 ވަނަ ދުވަހުގެ 14:00ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް  މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  4. މިއިޢުލާނާއި ގުޅިގެން ބޭއްވޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 10 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ 13:00 ގައި ކޮނޑޭ ކައުންސިލް އިދާރާގައެވެ.
  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ  16 އޮކްޓޯބަރ 2024  ވަނަ ދުވަހުގެ 13:00 ގައި ކޮނޑޭ ކައުންސިލް އިދާރާގެ މީޓިންގ ރޫމް ގައެވެ.
  6. މި އިޢުލާނުގައި ބަޔާން ކޮށްފައިވާ މަސައްކަތް ޙަވާލު ކުރުމުގައި ދަޢުލަތުގެ ޕްރޮކިއުމަންޓްގައި އިސްކަން ދިނުމުގެ ސިޔާސަތުގެ ދަށުން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، ރަށަށް ނިސްބަތްވާ ފަރާތްތަކަށާއި، އަތޮޅަށް ނިސްބަތްވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. މިގޮތުން އިސްކަންދޭނެ ދާއިރާތަކާއި، އިންސައްތަ ތިރީގައި މިވަނީއެވެ.

ދާއިރާ

2.5 މިލިއަނުން ދަށް

2.5 – 5 މިލިއަން

އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި

15%

-

ރަށަށް ނިސްބަތްވާ ފަރާތް

10%

10%

އަތޮޅަށް ނިސްބަތްވާ ފަރާތް

5%

5%

  1. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތާއި، މަސައްކަތް ކުރިއަށް ގެންދަންޖެހޭ ގޮތުގެ ތަފްޞީލް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  2. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާ  / ގއ.ކޮނޑޭ، ދިވެހިރާއްޖެ.
  • ފޯން: 6821045/9662499
  • އީމެއިލް: info@kondey.gov.mv  
30 ސެޕްޓެންބަރު 2024
ހޯދާ