މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު

ފަރުމަސް އާލާކުރުމުގެ ހުނަރު އުނގަންނައިދީ މިދާއިރާއިން މީހުން ބިނާކުރުމުގެ މަޤްސަދުގައި  މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ [މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް] ގެ ދަށުން ހިންގޭ ދެވަނަ ތަމްރީނު 30 އޮކްޓޯބަރު 2024 އިން 12 ނޮވެންބަރު 2024 އަށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. 14 ދުވަހުގެ މުއްދަތަށް ހިންގާ މި ތަމްރީނުގައި ބައިވެރިވުމުގެ ފުރުސަތު 15 ފަރާތަކަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި ތަމްރީނުގައި ބައިވެރިވެލެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ  14:00 ގެކުރިން މި އިޢްލާނާއި އެކު އެއްކަރުދާސްކޮށްފައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު، އައިޑީކާޑުގެ ކޮޕީއާއި އެކު ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅުއްވާނީ info@mmri.gov.mv އަށެވެ. ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިކަން 15 ފަރާތަށްވުރެ އިތުރު ފަރާތްތަކުން ހުށަހަޅާފައިވާނަމަ، ބައިވެރިން ހޮވާނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ.

 ކޯހުގެ މުއްދަތުގައި ބައިވެރިން ތިބުމަށް ހަމަޖެހިފައިވާނީ ކ. މަނިޔަފުށީގައެވެ. ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް މި އިންސްޓިޓިއުޓްގެ ފަރާތުން ހަމަޖައްސައިދެވޭނެއެވެ.

ތަމްރީނާ ގުޅޭ އިތުރު މަޢުލޫމާތު މި އިންސްޓިޓިއުޓްގެ ނަންބަރު 3322242 ފޯނަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

30 ސެޕްޓެންބަރު 2024
ހޯދާ