މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ ކަނދޮޅު އެވޯޑަށް ކުރިމަތި ލެއްވުމުގެ ފުރުސަތު ހުޅުވާލުން:

މި ކައުންސިލުން މިދިޔަ އަހަރުން ފެށިގެން ރ. ކަނދޮޅުދޫއަށާއި ރ. ދުވާފަރަށް އެކި ރޮނގުރޮނގުން ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކާއި ރީތިނަން ހޯއްދަވައި ދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ''ކަނދޮޅު އެވޯޑް'' ގެ ނަމުގައި މި އަންނަނީ އެވޯޑެއް ދެމުންނެވެ.

މި އަހަރުވެސް މިދިޔަ އަހަރެކޭ އެއްގޮތަށް އެފަދަ ފަރާތްތަކަށް ކަނދޮޅު އެވޯޑް ދިނުމަށްވަނީ ހަމަޖެހިފައެވެ. މި އަހަރު އިތުރު ދާއިރާއެއްގެ ގޮތުގައި ސާނަވީ އަދި މަތީސާނަވީ އިމްތިހާނުން ގަދަ ދިހައަކަށްހޮވޭ ރ. ކަނދޮޅުދޫ ނުވަތަ ރ. ދުވާފަރަށް ނިސްބަތްވާ ދަރިވަރުންނަށް ޚާއްސަ އެވޯޑެއް ދޭގޮތަށްވެސްވަނީ ހަމަޖެހިފައެވެ.

މި އެވޯޑަށް ކުރިމަތި ލެއްވެވޭނީ ރ. ކަނދޮޅުދޫ ނުވަތަ ރ. ދުވާފަރަށް ނިސްބަތްވާ ފަރާތްތަކަށެވެ. އަމިއްލައަށް ނުވަތަ އެހެން މީހެއްގެ ނަމުގައިވެސް ހުށަހެޅިދާނެއެވެ. މިހާރު ނިޔާވެފައިވާ ފަރާތެއްގެ ނަމުގައި ހުށަހަޅުއްވަން ބޭނުންވެ ލައްވާނަމަ، ނިޔައުވެފައިވާ މީހާގެ ނަމުގައި ހުށަހެޅިދާނެއެވެ.

މި އެވޯޑަށްއެދި މި އިދާރާއަށް ފޯމް ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ 20 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ 14:00 އެވެ. މި އިދާރާގެ އީ މެއިލް info@dhuvaafaru.gov.mv  މެދުވެރިކޮށް ނުވަތަ ކައުންޓަރަށްވެސް ފޯމް ހުށަހެޅިދާނެއެވެ. ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

ކުރިމަތިލެވޭ ދާއިރާތައް:

  1. ތަޢުލީމާއި ތަރުބިއްޔަތުގެ ދާއިރާ
  2. ޞިއްޙަތާއި ކުޅިވަރުގެ ދާއިރާ.
  3. ޢުމްރާނީ ތަރައްޤީ އާއި އުފެއްދުންތެރިކަމުގެ ދާއިރާ.
  4. މަސައްކަތްތެރިކަމާއި ފަންނީ ހުނަރުގެ ދާއިރާ.
  5. ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާ.
  6. ދިވެހި ތާރީޚާއި ޘަޤާފަތުގެ ދާއިރާ.
  7. ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާ.
  8. މީހުން ބިނާކުރުމާއި، ހިންގުމުގެ ދާއިރާ.
  9. އައު ހޯދުންތަކާއި އީޖާދުގެ ދާއިރާ.
  10. ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާ.
  11.  ތަޢުލީމުގެ ދާއިރާ (މިހާރު ޚިދުމަތް ކުރަމުންދާ އަދި ޚިދުމަތް ކޮށްފައިވާ)
  12. އެދުރު ޢަބްދުލް އަޒީޒް އެވޯޑް (އޯލެވެލް، އޭލެވެލް އަދި ޓޮޕް 10 ގައި ހިމެނިފައިވާ ދަރިވަރުންނަށް)

   (ހ) ރ. އަތޮޅު މަދަރުސާގެ ދަރިވަރެއް ކަމުގައި ވުން.

   (ށ) ރަށުން ބޭރުގައި ތަޢުލީމް ޙާސިލް ކުރަމުން ދިޔަ ނަމަވެސް ކަނދޮޅުދޫ ނުވަތަ ދަވާފަރުގައި ރަޖިސްޓްރީ އޮތް  ފަރާތަކަށް ވުން.

 

 

      ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

            27 ރަބީޢުލްއައްވަލް 1446

            30 ސެޕްޓެންބަރު  2024

30 ސެޕްޓެންބަރު 2024
ހޯދާ