މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޑާޓާ މެނޭޖްމަންޓް އެންޑް އިނޮވޭޝަން ކޮންސަލްޓަންޓް

އިޢުލާނު

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

ޑާޓާ މެނޭޖްމަންޓް އެންޑް އިނޮވޭޝަން ކޮންސަލްޓަންޓް

ބޭނުންވާ އަދަދު:

1 (އެކެއް)

މުއްދަތު:

ކޮންޓްރެކްޓް – 2 އަހަރު

މުސާރައާއި އިނާޔަތްތައް:

 21,815- 27,600 ރުފިޔާއާއި ދެމެދު

އެހެނިހެން އިނާޔަތްތައް:

ކުންފުނީގެ އެޗް.އާރު ޕޮލިސީ ގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އިތުރުގަޑީގެ އެލަވަންސް އާއި އެހެނިހެން އިނާޔަތްތައް.

ފެންވަރު ނުވަތަ ޝަރުތު:

މަގާމާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7/8 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު މަގާމާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 8 (އަށެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • ކޮމްޕިއުޓަރ ސައިންސް
  • ސޮފްޓްވެއަރ ޑިވަލޮޕްމަންޓް/ ސޮފްޓްވެއަރ އިންޖިނިއަރިންގ
  • ބިޒްނަސް

އާއްމުކޮށް ބޭނުންކުރާ ޕްރޮގްރާމިން ލޭންގްއޭޖްތަކާއި މަސައްކަތާއި ގުޅުންހުރި ޓެކްނޮލޮޖީތަކަށް ފަރިތަ ފަރާތްތަކަށްވުން.

މަގާމާއި ގުޅޭ ދާއިރާތަކުގެ ޑިޖިޓަލް ޓްރާންސްފޯމަޝަން ޕްރޮޖެކްޓް ނުވަތަ އިނިޝިއޭޓިވްތައް ލީޑްކުރުމުގެ ތަޖުރިބާ ހުރުން.

ކުންފުނީގެ ލަނޑުދަނޑިތަކާއި އެއްގޮތްވާ ގޮތުގެ މަތިން ޑިޖިޓަލް ސްޓްރެޓެޖީތައް އެކުލަވާލައި ތަންފީޒުކުރުމުގެ ޤާބިލުކަން ހުރުމާއި އެކު ޑިޖިޓަލް އިނިޝިއޭޓިވްތަކަށް އަސަރު ފޯރުވާފާނެ އިންޑަސްޓްރީއަށް ޚާއްޞަ ގަވާއިދުތަކާއި ޓްރެންޑްތަކެއް އެނގުން.

ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން.

ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން.

މަސްއޫލިއްޔަތު:

  • ކުންފުނީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތަށް އައިސީޓީ ސްޓްރެޓެޖީތައް އެކުލަވާލުމާއި އެކު އެކަންކަން ތަންފީޒު ކޮށް ، މިހާރު ހުރި ސޮފްޓްވެއާރތައް ރަނގަޅު ކުރުމަށް ލަފާދިނުން.
  • ކުންފުނީގައި ބޭނުންކުރާ ސޮފްޓްވެއަރތަކާއި އައިޓީ ސިސްޓަމްތައް އިތުރަށް ތަރައްޤީކޮށް ބަލަހައްޓާ ރައްކާތެރި ނިޒާމްތައް ކަށަވަރުކުރުމަށްޓަކައި ހާޑްވެއަރ، ސޮފްޓްވެއަރ އަދި އިންފްރާސްޓްރަކްޗަރ ހޮވުމުގައި ލަފާދިނުން.
  • ކުންފުނީގެ ހިދުމަތްތަކާއި ޑާޓާ މެނޭޖްމަންޓަށް ބޭނުންކުރާ ކަސްޓަމް އެޕްލިކޭޝަންތަކާއި ޕްލެޓްފޯމްތައް ޑިޒައިންކޮށް، ޑިވޮލޮޕްކޮށް، ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
  • ސޮޕްޓްވެއަރތަކާއި އައިޓީ ސިސްޓަމްތަކަށް ކުރިމަތިވެދާނެ އަދި ކުރިމަތިވާ ނުރައްކާތަކަށް ސިސްޓަމްތައް ތައްޔާރުކޮށް އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުން.
  • ކުންފުނީގެ އައިސީޓީ ޑިޕާޓްމަންޓުގެ އޮޕަރޭޝަނަލް އެފިޝަންސީ އިތުރުކުރުމަށްޓަކައި ސިޔާސަތުތަކާއި އުސޫލުތައް އެކުލަވާލައި ތަންފީޒުކުރުމުގައި މަގުދައްކައިދިނުން.

 

މަސައްކަތުގެ ވަގުތު:

މި ކުންފުނީގެ ރަސްމީ މަސައްކަތު ގަޑި (ހެނދުނު 08:00 އިން މެންދުރުފަހު 15:00 އަށް)

(އިތުރު ގަޑީގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް)

ހުށައަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ފޯމު މިކުންފުނީގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ.

ސުން ގަޑި:

6 އޮކްޓޯބަރ 2024 ވާ އާދީއްތަ ދުވަހުގެ 14:00

އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅުއްވާނަމަ، ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔެކިޔުންތަށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން hr@mhcl.mv އަށް ފޮނުއްވުން އެދެމެވެ.

30 ސެޕްޓެންބަރު 2024
ހޯދާ