މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކޮންސަލްޓަންޓް ފޯ ޕިލްގްރިމޭޖް ސާރވިސަސް

އިޢުލާނު

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

ކޮންސަލްޓަންޓް ފޯ ޕިލްގްރިމޭޖް ސާރވިސަސް

ބޭނުންވާ އަދަދު:

1 (އެކެއް)

މުއްދަތު:

ކޮންޓްރެކްޓް- 2 އަހަރު

މުސާރައާއި އިނާޔަތްތައް:

21,815- 27,600 ރުފިޔާއާ ދެމެދު

އެހެނިހެން އިނާޔަތްތައް:

ކުންފުނީގެ އެޗް.އާރު ޕޮލިސީ ގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އިތުރުގަޑީގެ އެލަވަންސް އާއި އެހެނިހެން އިނާޔަތްތައް.

ފެންވަރު ނުވަތަ ޝަރުތު:

މަގާމާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު ޙައްޖާއި ޢުމްރާގެ މަސައްކަތްތަކުގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • އިސްލާމީ ޝަރީޢާ
  • ޝަރީޢާ އެންޑް ލޯ
  • އިސްލާމިކް ފައިނޭންސް
  • އަރަބި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން.
  • ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން.

މަސްއޫލިއްޔަތު:

  • ޙައްޖާއި ޢުމްރާގެ ޚިދުމަތްތައް ތަރައްޤީކުރުމަށް ކުރެވިދާނެ ކަންކަން ދިރާސާކޮށް ލަފާދިނުން.
  • ހައްޖާއި ޢުމްރާގެ ޚިދުމަތްތަކާއި އަދި އެއާ ގުޅުންހުރި ކޮންޓްރެކްޓްތަކާއި އެއްބަސްވުންތައް ޤާނޫނީ އަދި ޝަރީޢަތުގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މުރާޖަޢާކޮށް އެކަމަށް ބޭނުންވާ އިސްލާހުތައް ހުށައެޅުން.
  • އިސްލާމީ ޝަރީޢަތުގެ އިމުގެ ތެރެއިން ޚިދުމަތްތައް އިތުރުކުރުމުގެ ޓްރެންޑްތަކާއި ފުރުޞަތުތައް ދެނެގަތުމަށް ދިރާސާތައް ކުރުން.

 

މަސައްކަތުގެ ވަގުތު:

މި ކުންފުނީގެ ރަސްމީ މަސައްކަތު ގަޑި (ހެނދުނު 08:00 އިން މެންދުރުފަހު 15:00 އަށް)

(އިތުރު ގަޑީގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް)

ހުށައަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ފޯމު މިކުންފުނީގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ.

ސުން ގަޑި:

6 އޮކްޓޯބަރ 2024 ވާ އާދީއްތަ ދުވަހުގެ 14:00

އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅުއްވާނަމަ، ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔެކިޔުންތަށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން hr@mhcl.mv އަށް ފޮނުއްވުން އެދެމެވެ.

30 ސެޕްޓެންބަރު 2024
ހޯދާ