މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލްދަނޑު ސަރަހައްދުގައި ފެންވަޅެއް ބަހައްޓައިދޭނެ ފަރާތެއްހޯދުން.

މި ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް ފުޓްސަލްދަނޑު ސަރަހައްދުގައި ފެންވަޅެއް ބެހެއްޓުމުގެ މަސައްކަތް ކޮށްދެނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ އެވެ.

ވީމާ އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާފަރާތްތަކުން، މި އިޢުލާނާއެކު ބެހެއްޓިފައިވާ މައުލޫމާތު ކަރުދާހާ އެއްގޮތަށް ފެންވަޅު ބަހައްޓައިދެވޭނެ އަގު (ކޮޓޭޝަން) 2024 އޮކްޓޯބަރ 06 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ކޮޓޭޝަން ފޮނުވާނަމަ، މިއިދާރާގެ އީމެއިލް procurement@kihaadhoo.gov.mv އަށް ފޮނުވުން އެދެމެވެ. ކޮޓޭޝަންގައި މަސައްކަތް ކޮށް ނިންމާލެވޭނެ މުއްދަތު ހިމަނަންވާނެއެވެ. އަދި ކޮޓޭޝަން އާއެކު ވިޔަފާރި ރަޖިސްޓްރޭޝްން ނުވަތަ ޕްރޮފައިލްގެ ކޮޕީއެއް، އަދި އަމިއްލަ ފަރާތަކުންނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހެޅުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިޢުލާނުކުރީމެވެ.

01 އޮކްޓޫބަރު 2024
ހޯދާ