މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ޝަކުވާއެއްވޭތޯ ބެލުން

މި އިޢުލާނާއެކު އާންމު ކުރެވިފައިވާ ލިސްޓްގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ވެރިފަރާތާމެދު އެއްވެސް ޝަކުވާއެއް ވޭތޯ ބެލުމަށް ބޭނުންވެއެވެ.

ވީމާ، އެސަރަހައްދުތަކުގައި މިއިދާރާއިން 1 ން 61 ށް އަދި 70 ން 86 ށް އަދި A21، A25، A24، A23 ފެހިދަވާދުން ނަންބަރު ޖަހާ، ފެހިބޮޅެއް އަޅާފައިވާ ރުއްގަހުގެ ވެރިން އެކަން 08 އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ލިޔުމަކުން އެންގެވުމަށް ދަންނަވަމެވެ. މިގޮތަށް އަންގަވާއިރު އެތަކެތީގެ ލިސްޓެއް މިއިދާރާއިން ޖަހާފައިވާ ނަންބަރު އިނގޭނޭގޮތަށް ހުށަހެޅުމަށްވެސް ދަންނަވަމެވެ. އަދި މިރުއްގަހުގެ މައްސަލައާއި ގުޅިގެން އެއްވެސް ފަރާތެއްގެ ޝަކުވާއެއްވާނަމަ 08 އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް އެކަން ލިޔުމަކުން އެންގެވުމަށް ދަންނަވަމެވެ. އަދި މިމުއްދަތުގެ ތެރޭގައި އެތަކެތީގެ މަޢުލޫމާތު ހުށަހަޅާފައި ނުވާނަމަ އަދި ޝަކުވާއެއް ނުވާނަމަ އެތަކެތީގެ ވެރިފަރާތް ނުވަތަ ޝަކުވާއެއް ނެތީކަމުގައިބަލާ އެރުއްގަހަކީ ރައްޔިތުންގެ ތަކެތި ކަމުގައިބަލާ ހަމަޖެހިފައިވާ އުޞޫލުން ޢަމަލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

01 އޮކްޓޫބަރު 2024
ހޯދާ