ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އެކި ސަރަހައްދުތަކުގައި ހުރި ރުއްގަނޑުތަކާއި ގުޅޭ

މިރަށުގެ އެކި ސަރަހައްދުތަކުގައި ހުރި ރުއްގަނޑުތައް އެތަންތަނުގެ ވެރިފަރާތުން ރަނގަޅަށް ބަލަހައްޓަމުން ނުދާކަން މި އިދާރާއަށް ވަނީ ފާހަގަކުރެވިފައިވެއެވެ. މިގޮތުން، ގިނަ ދުވަސްވަންދެން ސާފުކުރެވިފައި ނުވާ ރުއްގަނޑުތަކުން ފައިބާ ފަންތަކާއި އެހެނިހެން ތަކެތީގެ ސަބަބުން އާންމު ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިއެކަމުގެ ޝަކުވާ މި އިދާރާއަށް ދަނީ ލިބެމުންނެވެ. މީގެއިތުރުން، މި ތަކެތީގެ ސަބަބުން ރަށުތެރެ ގޮނޑުވެ، ރަށުގެ ސާފުތާހިރުކަމަށް އަސަރުކުރަމުންދެއެވެ. އެހެންކަމުން، ރަށުގެ އެކި ސަރަހައްދުތަކުގައި ހައްދާފައިހުރި ރުއްގަނޑު ތަކުގެ ވެރިފަރާތްތައް ކަށަވަރު ކުރުމަށް، ރުއްގަނޑުގެ ވެރިފަރާތްކަން ސާބިތުކޮށްދޭ ރަޖިސްޓްރީ ނުވަތަ ލިޔުން މި އިދާރާއަށް ހުށަހެޅައި މި އިދާރާގެ ދަފްތަރުގައި އެ ރުއްތައް ރަޖިސްޓްރީކުރުމަށް އަންގަމެވެ.

ވީމާ، މި ރަށުގައި ރަޖިސްޓްރީކޮށްފައިވާ ރުއްގަނޑުތަކުގެ ވެރިފަރާތްތަކުން، އެ   ރުއްގަނޑުތަކާ ބެހޭ މަޢުލޫމާތު މި އިޢުލާން ކުރާ ތާރީޚުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި މި ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ހުށަހަޅާ މަޢުލޫމާތުގައި ރުއްގަނޑު ހުރި ސަރަހައްދު، ރުއްގަހުގެ އަދަދު، އަދި ވެރިފަރާތުގެ ނަމާއި ގުޅޭނެ ނަންބަރު ހިމެނުއްވުން އެދެމެވެ.

މި މުއްދަތުގެ ތެރޭގައި މަޢުލޫމާތު ހުށަނާޅާ ފަރާތްތަކުގެ ރުއްގަނޑުތަކާމެދު ޤާނޫނާއި ޤަވާޢިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެ އެނެ ވާހަކަ ދެންނެވީމެވެ.

ވިމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރަމެވެ.

01 އޮކްޓޫބަރު 2024
ހޯދާ