މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތި ކުނިކަހާ ސާފުކުރުމާއި ގުޅޭ

މިކައުންސިލްގެ ނަންބަރު: (IUL)305/305/2023/39 (25 އޭޕްރީލް 2023) އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.

މިހާރަކަށް އައިސް ދިރިއުޅުމަށް ދޫކުރެވިފައި ހުންނަ ގޯތިތައް ހިމެނޭ މަގުތަކުގެ ވިނަނޮޅާ ކުނިކަހާ ސާފުކޮށް ބަލަހައްޓަމުން ނުދާކަން ދަނީ ފާހަގަ ކުރެވެމުންނެވެ.

ދިރިއުޅުމަށާއި އެނޫން ބޭނުންތަކަށް ބިން ދޫކުރެވެނީ ބިން ލިބޭ ފަރާތުން އެމީހަކަށް ލިބޭ ގޯއްޗާއި ގުޅިފައިވާ މަގުތަކާއި ގޯޅިތައް ވިނަނޮޅާ ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް އެއްބަސްވެވި، މިކަން އެންގުމާއެކުގައެވެ. އަދި މިކަން ގޯތީގެ ރަޖިސްޓްރީގައިވެސް ބަޔާންކުރެވިފައިވެއެވެ. އަދި ޤަވާއިދު ނަންބަރު: 2013/R-755 "މަގުމަތި ކުނިކެހުމާބެހޭ ޤަވާއިދުގެ" 3 ވަނަ މާއްދާގައި "ކޮންމެ ފަރާތަކުންވެސް އެފަރާތަކަށް އެރަށެއްގެ ބިމުން ދޫކުރެވިފައިވާ ގޯތީގެ ވަށައިގެންވާ މަގުތަކާއި އެ ގޯއްޗެއްގެ މަގަށްވާ ސަރަހައްދުގައި އެގޯއްޗަކާއިވީ ފަޅީގެ ދެބައިކުޅަ އެއްބައި ކުނިކަހާ ސާފުކޮށް ބަލަހައްޓަންވާނެއެވެ." މިފަދައިން ބަޔާންކޮށްފައިވެއެވެ. އަދި މިޤަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގައި "އެމީހަކަށް ދޫކުރެވިފައިވާ ގޯތި ދޫކުރެވުނު ފަރާތްނޫން އެހެން ފަރާތެއް ކަމުގައި ވިޔަސް މިޤަވާއިދާ އެއްގޮތަށް އެގޯއްޗަކާވީ ސަރަހައްދު ކުނިކެހުމަކީ އެގޯއްޗެއްގައި ދިރިއުޅޭ ފަރާތެއްގެ ޒިންމާއެކެވެ." މިފަދައިން ބަޔާންކޮށްފައިވެއެވެ. އަދި  މިޤަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގައި މިޤަވާއިދުގައި ކުރުމަށް އަންގާ ކަމެއް ނުކުރެވި ނުވަތަ ނުކުރުމަށް އަންގާ ކަމެއް ކުރުމުން ކަމުގެ ކުޑަބޮޑުމިނަށް ބަލައި -/50 (ފަންސާސް ރުފިޔާ) އާއި -/500 (ފަސްސަތޭކަ ރުފިޔާ) އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިޙްތިޔާރު ކައުންސިލަށް ލިބިފައިވާކަން ބަޔާންކޮށްފައިވެއެވެ. ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ މަގުމަތި ސާފުނުކުރާ ފަރާތްތަކަށް އެކަން އަންގާ 3 މަސްދުވަހުގެ މުއްދަތެއް ދިނުމަށްފަހު ސާފުނުކުރާނަމަ، އެފަރާތްތަކުގެ ވަނަވަރު އާންމުކުރުމުންވެސް ސާފުކޮށްފައިނުވާ ގޯތިތަށް ދޫކޮށްފައިވާ ފަރާތްތަކުން ވަކިކުރުމުގެ ޝަރުޢީ މަރުހަލާކުރިއަށް ގެންދިއުމަށް ކައުންސިލްގެ 4 ވަނަ ދައުރުގެ ނަންބަރު:CN-305/2024/48 ނިންމުމުން ނިންމާފައިވާކަމުގައި ދަންނަވަމެވެ.

ވީމާ، ދިރިއުޅުމަށް ދޫކުރެވިފައިވާ ގޯތިތަކާއި، ފަޅުގެތައް އަދި އެހެނިހެން ބިންތައް  ކުނިކަހާ ވިނަނޮޅާ ސާފުކޮށް ބެލެހެއްޓުމަށް އަންގާ ނަސޭޙަތްތެރިވަމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

01 އޮކްޓޫބަރު 2024
ހޯދާ