މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ފޮޓޯކޮޕީ މެޝިނެއް ހޯދުން

އިޢުލާން

މިވުޒާރާގެ ބޭނުމަށް ކުލަކޮށް ޕްރިންޓްކުރެވޭ ފޮޓޯކޮޕީ މެޝިނެއް ހޯދަން ބޭނުންވެއެވެ. 

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއި އެޓޭޗް ކުރެވިފައިވާނެއެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2024 އޮކްޓޫބަރު 05 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.

https://forms.office.com/r/D0tf12QJEB

 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2024 އޮކްޓޫބަރު 10 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2024 އޮކްޓޫބަރު 07 ވާ ހޯމަ ދުވަހުގެ 14:00 ކުރިން tender@islamicaffairs.gov.mv  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020252،3020261 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

01 އޮކްޓޫބަރު 2024
ހޯދާ