ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ހުސް ބިންތަކުގައި ހުރި ތަކެތި ނެގުމާ ގުޅޭ

                                                                                          ނަންބަރު:HDC(161)-MPR/IU/2024/225 

 

އިއުލާން

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ހުސް ބިންތަކުގައި ހުރި ތަކެތި ނެގުމާ ގުޅޭ

 

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޗެނަލް ޕްރޮޖެކްޓް 02 ފެށުމަށް ހަމަޖެހިފައިވާ ސަރަހައްދު ހުސްކުރުމާ ގުޅޭގޮތުން މި ކޯޕަރޭޝަނުން 30 ޖެނުއަރީ 2024 ގައި ކޮށްފައިވާ ނަންބަރު: HDC(161)/REM/IU/2024/8 އިއުލާނާއި، ހުޅުމާލޭގެ ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ހުސް ބިންތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ނެގުމާ ގުޅޭގޮތުން، މި ކޯޕަރޭޝަނުން 08 މެއި 2024 ގައި ކޮށްފައިވާ ނަންބަރު: HDC(161)/REM/IU/2024/88 އިއުލާނާ ހަވާލާދީ ދަންނަވަމެވެ.

އިސްވެ ދެންނެވުނު އިއުލާނުގައި، ހުޅުމާލޭގެ ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ހުސް ބިންތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ނެގުމަށް ދެންނެވިފައިވީ ނަމަވެސް، ގިނަ ފަރާތްތަކުން އެކަމަށް އިޖާބަދީފައި ނުވާކަން ފާހަގަކުރަމެވެ. އަދި ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ހުސް ބިންތަކުގައި ގަވައިދާ ހިލާފަށް މުދަލާއި ތަކެތި ބަހައްޓައި، ބައެއް ފަރާތްތަކުން އަދިވެސް އެ ބިންތައް ބޭނުންކުރަމުންދާކަން މި ކޯޕަރޭޝަނަށް ވަނީ ފާހަގަ ކުރެވިފައެވެ.

ވީމާ، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ހުސް ބިންތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި މުދަލާއި ތަކެތި، 11 އޮކްޓޯބަރު 2024 ވާ ހުކުރު ދުވަހުގެ ކުރިން ނެންގެވުން އެދެމެވެ. ހުސްކުރުމަށް ކަނޑައަޅާފައިވާ ބިންތަކުގެ ތަފްސީލު މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ދެންނެވުނު މުއްދަތުގެ ތެރޭގައި އެތަކެތި ނަގާފައި ނުވާނަމަ، އެތަކެއްޗަކީ ވެރިފަރާތްތަކުން ބޭނުން ނެތިގެން ދޫކޮއްލާފައިވާ ތަކެތި ކަމުގައި ބަލައި، މި ކޯޕަރޭޝަނުން އެފަދަ ތަކެއްޗާމެދު އަމަލުކުރުމަށް ހަމަޖެހިފައިވާ ގޮތުގެ މަތިން އަމަލު ކުރެވޭނެއެވެ. އަދި އެ މަސައްކަތުގެ ތެރޭގައި މުދަލަށް ނުވަތަ ތަކެއްޗަށް ލިބިދާނެ ގެއްލުމަކަށް މި ކޯޕަރޭޝަނުން ޒިންމާ ނުވާނެ ވާހަކަވެސް އާންމުކޮށް އަންގައި އިއުލާން ކުރީމެވެ.

      އަދި މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން މި ކޯޕަރޭޝަނަށް ލިބޭ އެއްބާރުލުން ފާހަގަކޮށް މި ފުރުސަތުގައި ޝުކުރު ދަންނަވަމެވެ.

28 ރަބީއުލްއައްވަލް 1446

01 އޮކްޓޯބަރު 2024

02 އޮކްޓޫބަރު 2024
ހޯދާ