މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤައުމީ ދިދަ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށްބޭނުންވެއްޖެ:

މިކައުންސިލުގެ ފަރާތުން ފާހަގަކުރާ އެކި މުނާޞަބަތުތަކުގައި ބޭނުންކުރުމަށް ބޭނުންވާ ޤައުމީ ދިދަ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ބޭނުންވާ ޤައުމީ ދިދައިގެ މަޢުލޫމާތު ތިރީގައިއެވަނީއެވެ.

ބޭނުންވާ އަދަދު

ތަފްޞީލް

50

ޤައުމީ ދިދަ މީޑިއަމް ސައިޒު ރޯޑުސައިޒު 34X24 އިންޗި)

5

ޤައުމީ ދިދަ މީޑިއަމް ސައިޒު ރޯޑުސައިޒު 54X34 އިންޗި)

މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ.

ކޯޓޭޝަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް؛                   

  1. މިމަސައްކަތައް ކޯޓޭޝަން ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
  2. ޖީ.އެސް.ޓީ ހިމަނާނަމަ ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހުށަހަޅަންވާނެއެވެ.
  3. ވިޔަފާރި ރަޖިސްޓްރީ ކޮޕީ ހުށަހަޅަންވާނެއެވެ.
  4. މިތަކެތި ފޯރުކޮށްދޭނެ ފަރާތުން ތަކެތި ބޯޓަށް ޑެލިވަރީކޮށްދޭންވާނެއެވެ.

   ކޯޓޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 10 އޮކްޓޫބަރު 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލު އިދާރާއިންނާއި، މިއިދާރާގެ ޕްރޮކިއުމަންޓްގެ އީމެއިލް procument@landhoo.gov.mv އިންނެވެ.

                މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.  

02 އޮކްޓޫބަރު 2024
ހޯދާ