މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް
ދިވެހިރާއްޖެ
މި ވުޒާރާގެ ދަށުން ހިގަމުންދާ "ފިޔަވަތި" އަށް ކެއިން ބުއިމަށް ބޭނުންވާ އެންމެހައި ސާމާނު 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ހޯދުމާއި ބެހޭ

އިޢުލާން

 

އަންދާސީ ހިސާބު ބޭނުންވެއްޖެ:

         މި ވުޒާރާގެ ދަށުން ހިގަމުންދާ "ފިޔަވަތި" އަށް ކެއިން ބުއިމަށް ބޭނުންވާ އެންމެހައި ސާމާނު 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 24 ޖުލައި 2024 ގައި ކުރެވުނު ނަންބަރު (IUL)459- PL/459/2024/74އިޢުލާނުގެ މަޢުލޫމާތު ޝީޓު އިސްލާހުކޮށް އަލުން އިޢުލާނު ކުރުމަށް ބޭނުންވާތީ، ހަވާލާދެވިފައިވާ އިޢުލާނު ބާތިލްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

          މި ވުޒާރާގެ ދަށުން ހިގަމުންދާ "ފިޔަވަތި" އަށް ކެއިން ބުއިމަށް ބޭނުންވާ އެންމެހައި ސާމާނު 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

           ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، ތިރީގައިވާ ތާވަލާއި އެއްގޮތަށް މައުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންދެއްވުން އެދެމެވެ.

           މި ބީލަމާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށް bid@msfd.gov.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް އަދި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 08 އޮކްޓޫބަރ 2024 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. އަދި މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް  ބިޑަށް ރަޖިސްޓްރީ ކުރައްވާ ހުރިހާ ފަރާތްތަކަށް، މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.

eportal.msfd.gov.mv

މަތީގައިވާ ލިންކް މެދުވެރިކޮށް ބިޑަށް ރަޖިސްޓްރީ ކުރުމަށްޓަކައި ބިޑް ރަޖިސްޓްރޭޝަން ލިންކްއަށް ކްލިކް ކުރުމަށްފަހު ކުރިމަތި ލާން ބޭނުންވާ އިއުލާން ނަންބަރު ނެގުމަށްފަހު ކުންފުނި އަދި މީހާގެ މަޢުލޫމާތު ފުރިހަމަކޮށް ސޭވް ކުރުމަށްފަހު ފޯމް ސަބްމިޓް ކުރުމުން ބިޑަށް ރަޖިސްޓްރީ ކުރެވުނީއެވެ.

 

 

ތާރީޚް

ދުވަސް

ގަޑި

ތަން

 

އަންދާސީ ހިސާބު ހުށައެޅުއްވުން

13 އޮކްޓޫބަރ 2024

އާދިއްތަ

11:00

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ (އުމަރު ޒާހިރު އޮފީސް ބިލްޑިންގ،
 ލޮޓް ނަންބަރ 11602، އޯކިޑްމާ ހިނގުން، ހުޅުމާލެ)

   

02 އޮކްޓޯބަރ 2024

02 އޮކްޓޫބަރު 2024
ހޯދާ