ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް ބިންތަކާއި، ގޯތި ގޯތީގެ މަގުފަޅިއަށްވާގޮތަށް ބަހައްޓާ އަދި އުކާލާފައިވާ ތަކެތި ނެގުމަށް އެންގުން

މިކައުންސިލުގެ ފަރާތުން ސާފުކޮށް ބަލަހައްޓަމުން ގެންދާ ބައެއް ބިންތަކާއި، ބަންޑާރަ ގޯތިގޯތީގެ މަގުފަޅިއަށްވާގޮތަށް ބައެއް ފަރާތްތަކުން ކުނީގެ ގޮތުގައްޔާއި އެހެނިހެން ގޮތްގޮތަށް ދިގުމުއްދަތަކަށް ތަކެތި ބަހައްޓާފައި ހުންނަކަން މިކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. މިކަމުގެ ސަބަބުން މިކައުންސިލުގެ ފަރާތުން ސާފުކޮށް ބަލަހައްޓަމުން ގެންދާ ބިންތައް، ސާފުކޮށް ބެލެހެއްޓުމަށް ދަތިވެއެވެ. އަދި ގޯތިގޯތީގެ މަގު ފަޅިއަށް ވާގޮތަށް މިފަދަ ތަކެތި ބަހައްޓާފައި ހުރުމުގެ ސަބަބުން މަގުތަކުގައި ދުއްވާ ތަކެއްޗަށާއި، ހިނގާބިނގާވާ މީހުންނަށްވެސް އުނދަގޫވަމުންދާތީ އެކަމުގެ ޝަކުވާތައް މިކައުންސިލަށް ދަނީ ލިބެމުންނެވެ.

ވީމާ، މިކައުންސިލުގެ ފަރާތުން ސާފުކޮށް ބަލަހައްޓަމުން ގެންދާ ބައެއް ބިންތަކާއި، ބަންޑާރަ ގޯތިގޯތީގެ މަގުފަޅިއަށްވާގޮތަށް ބައެއް ފަރާތްތަކުން ކުނީގެ ގޮތުގައްޔާއި އެހެނިހެން ގޮތްގޮތަށް ބަހައްޓާފައިހުރި މިފަދަ ތަކެތި، މިއަދުންފެށިގެން 15 ދުވަސްތެރޭގައި ނަންގަވާ ސާފުކުރެއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ނުނަންގަވާ އަދި ސާފުނުކޮށް ހުރި ތަންތަނުގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅައިގެން ކުރިއަށް ގެންދާނެ ކަމުގައި ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮން އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ.  

02 އޮކްޓޫބަރު 2024
ހޯދާ