ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް

އިޢުލާނު

މަޤާމު:

ޑިރެކްޓަރ ޖެނެރަލް

މަޤާމުގެ ނަންބަރު:

J-322886

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އީ. އެކްސް. 5

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ ޖެނެރަލް

ސެކްޝަން/ ޔުނީޓް

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

މުސާރަ:

މަހަކު 13,890.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

 

 

 

 

 

 

 

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. ސިވިލް ސަރވިސްގެ އެ ރޭންކަކަށް މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ މަދުން ލިބޭ މަނަ، އެ އަދުދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައިދެވޭނެއެވެ.
  5. މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 (މަހަކު 4,864.05 ރުފިޔާ).
  6. ރިސްކު އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް 50.00 ރުފިޔާ
  7. ޑިވެލޮޕްމަންޓް ސްޓަޑީޒް، ސޯޝިއަލް ޕޮލިސީ، ނުވަތަ  ސޯޝަލް ސައިންސްގެ ރޮނގުން ހާސިލް ކޮށްފައިވާ ސަނަދަށް ބެލުމަށްފަހު ޓެކްނިކަލް ކޯ އެލަވެންސް ދިނުމަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޓެކްނިކަލް ކޯ އެލަވެންސް ގެ ގޮތުގައި  މަހަކު  3,889.20ރުފިޔާ ލިބޭނެއެވެ. އަދި ޓެކްނިކަލް ކޯ އެލަވެންސް ހަމަނުޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި 1,100.00 ރުފިޔާ ލިބޭނެއެވެ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- އެޖެންސީ ހިންގުމަށް ބޭނުންވާ ކަންތައްތައް ސަރުކާރުގެ ސިޔާސަތުތަކާއި ޕްރޮސީޖަރތަކާއި އެއްގޮތަށް އިންތިޒާމްކޮށް ސީ.އީ.އޯގެ ލަފާގެމަތިން ހިންގާ ބެލެހެއްޓުމާއި، އެޖެންސީގެ މަސައްކަތްތަކާއި ގުޅިގެން ސީ.އީ.އޯ ހަވާލުކުރައްވާ ކަންކަން ރާވާ އެކަން ތަންފީޒު ކުރުމާއި ވިލަރެސްކުރުން.

2- އެޖެންސީގެ މަސައްކަތްތައް ހިންގުމަށް ދިމާވާ ދަތިތައް ދެނެގަނެ އެކަންތައްތައް އެޖެންސީގެ އެންމެ އިސްވެރިއާގެ ލަފައާއި އިރުޝާދުގެ ދަށުން ޙައްލުކުރުން.

3- އއެޖެންސީން ޚިދުމަތް ހޯދާ ފަރާތްތަކަށް މި އެޖެންސީން ދެވޭ ޚިދުމަތްތަކަކީ ފެންވަރު ރަނގަޅު އަދި ފަސޭހައިން ވާސިލުވެވޭނެ ޚިދުމަތްތަކެއްކަން ކަށަވަރުކުރުން.

4- މި އެޖެންސީއަށް މަތިކުރެވިފައިވާ ޒިންމާތައް އަދާކުރުމަށްޓަކައި ކޮންމެ އަހަރެއް ފެށުމުން އެ އަހަރެއްގެ އެކްޝަން ޕްލޭން އެކުލަވާލާ، އެކަން މުވައްޒަފުންނަށް އެންގޭކަން ކަށަވަރުކުރުން.

5- ޒިންމާދާރު ވެރިޔާގެ ޙައިސިއްޔަތުން އެޖެންސީގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، އެ މަސައްކަތަށް ބޭނުންވާ ރިސޯސް (ހިއުމަން ރިސޯސް އަދި ފައިނޭންސް) ހޯދުމަށްޓަކައި ސިވިލް ސަރވިސް ކޮމިޝަނާއި އަދި މިނިސްޓްރީ އޮފް ފިނޭންސްގެ މަޝްވަރާގެ މަތިން އެ ރިސޯސް ހޯދޭނެ އިންތިޒާމް ހަމަޖެއްސުން.

6- އެޖެންސީގެ މެންޑޭޓަށް އަންނަ ބަދަލާއި ގުޅިގެން އޮފީހުގެ މަސައްކަތްތައް ދަތިނުވާނޭ ގޮތަށް މަސައްކަތްތައް އިންތިޒާމުކުރުވުމާއި، އެޖެންސީގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި އެޗް.އާރު.އެމް.ޑީ ކޮމިޓީއަށް ހުށަހަޅައިގެން އެ މަސައްކަތްތައް ގަވާއިދާއި އެއްގޮތަށް ކުރެވޭނެ މަގުފަހިކޮށްދީ އެ މަސައްކަތްތައް ވިލަރެސްކުރުން.

7- އެޗް.އާރު.އެމް.ޑީ ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް ސިވިލް ސަރވިސް ގަވާއިދާއި އެއްގޮތަށް ކުރިއަށްގެނެދިއުމާއި، އެ ކޮމިޓީތަކުގެ ނިންމުންތަކަކީ އިންސާފުވެރިކަމާއި ހަމަހަމަކަމާއިއެކު ނިންމޭ ނިންމުންތައް ކަމުގައި ކަށަވަރުކުރުން.

8- ޒިންމާދާރުވެރިޔާގެ ޙައިސިއްޔަތުން މި އެޖެންސީން ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވަންޖެހޭ ރިޕޯޓްތައް ފޮނުވަންޖެހޭ މުހުލަތުގެ ތެރޭގައި ފޮނުވޭކަން ކަށަވަރުކުރުން.

9- އެކި އިދާރާތަކުންނާއި، އަމިއްލަ ފަރާތްތަކުން އެޖެންސީއަށް ފޮނުވާ ސިޓީއާއި ލިޔެކިއުންފަދަ ތަކެއްޗަށް ޖަވާބު ފޮނުވަންޖެހޭ މުހުލަތުގެ ތެރޭގައި ޖަވާބުދެވޭކަން ކަށަވަރުކުރުން.

10- މި އެޖެންސީން ސީއެސް. ވިއުގަ މެދުވެރިކޮށް ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވާ ރިކުއެސްޓްތައް ޗެކްކޮށް ގަވާއިދާއި އެއްގޮތަށް އެޕްރޫވްކުރުން.

11- އެޖެންސީގެ އަހަރީ ރިޕޯޓާއި، ފައިނޭންޝަލް ރިޕޯޓާއި އަދި ބޭސްލައިން ބަޖެޓް ގަވާއިދާއި އެއްގޮތަށް ފޮނުވުމަށްޓަކައި ޒިންމާދާރުވެރިޔާގެ ޙައިސިއްޔަތުން ދޭންޖެހޭ އެއްބާރުލުން ދިނުމާއި ރިޕޯޓްތައް ފޮނުވަންޖެހޭ މުހުލަތުގެ ތެރޭގައި ފޮނުވޭކަން ކަށަވަރުކުރުން.

12- އެޖެންސީން ކުރިއަށްގެންދާ ޕްރޮގްރާމްތަކާއި ގުޅިގެން ދޭންޖެހޭ އެހީތައް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ދެވޭކަން ކަށަވަރުކުރުމާއި އެޖެންސީން ކުރިއަށްގެންދާ ޕްރޮގްރާމްތައް ރާވާ ހިންގުމަށްޓަކައި އެކުލަވާންޖެހޭ އިންޓަރނަލް ކޮމިޓީތައް އެކުލަވާލާ، އެމުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގތައް ދެވޭނެ އިންތިޒާމް ހަމަޖެއްސުން.

13- އެޖެންސީގެ ސީނިއަރ މެނޭޖްމަންޓް މުވައްޒަފުންގެ ޗުއްޓީތައް އަހަރުފެށުމުން ގަވާއިދާއި އެއްގޮތަށް ޕްލޭންކުރުވުމާއި އަދި އޮފީހުގެ މަސައްކަތަށް ދަތިނުވާނޭ ގޮތެއްގެ މަތިން ޗުއްޓީތައް ދެވޭނެ އިންތިޒާމް ހަމަޖެއްސުން.

14- އެޖެންސީގެ މެންޑޭޓްގައި ކަނޑައެޅިފައިވާ ކަންތައްތައް ޙާޞިލުކުރުމަށް ބޭނުންވާ ގަވާއިދުތަކާއި، ސިޔާސަތުތަކާއި އަދި ޕްލޭންތައް އެކަށައަޅާ، އެޕްލޭންތައް ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުމާއި އަދި އެ ޕްލޭންތައް ތަންފީޒުކުރެވެމުންދާ މިންވަރު ބަލައި ނަތީޖާ ޙާޞިލުކުރާ މިންވަރު ދެނެގަތުން.

15- އިޖްތިމާޢީ ރައްކާތެރިކަމުގެ ދަށުން ފޯރުކޮށްދޭ އެހީތައް ފޯރުކޮށްދިނުމަށް ގާއިމުކުރެވިފައިވާ "ސޯޝަލް ޕްރޮޓެކްޝަން އިންފޮރމޭޝަން ސިސްޓަމް" ހަރުދަނާކޮށް އެކަމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައަޅައި، މިސިޔާސަތުތައް ތަންފީޒުކުރުމަށް އެޖެންސީގެ ސެކްޝަންތަކާއި ކަމާއިގުޅުންހުރި ދާއިރާތަކުގެ ސަމާލުކަމަށް ގެނެސް އެފަދަ ފަރާތްތަކާއި މަޝްވަރާކޮށް މި ސިސްޓަމް ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެވެމުންދާކަން ކަށަވަރުކުރުން.

16- އެޖެންސީގެ މެންޑޭޓްގައި ކަނޑައެޅިފައިވާ މަސަކަތްތައް ތަންފީޒުކުރުމަށް ކޮންމެ އަހަރަކަވެސް ސަރުކާރުގެ ބަޖެޓުންނާއި އަދި ޕްރޮޖެކްޓްތަކުން ލިބޭ ބަޖެޓްގެ ދަށުން ޕްރޮގްރާމްތައް ރާވައި ހިނގާތޯ ބެލުމާއި އެމަސައްކަތްތަކަށް ސަރުކާރުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ޚަރަދުކުރުމުގެ އިންތިޒާމް ހަމަޖެއްސެމުންދާކަން ކަށަވަރުކުރުން.

17- އިޖުތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ގައުމީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި ސްކީމް ހިނގާ ނުހިނގާ ގޮތް ބެލުމާއި އަދި ސްކީމާއިގުޅިގެން އެޖެންސީއިން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.

18- އެޖެންސީގެ މަސައްކަތު މާހައުލަކީ މުވައްޒަފުންނަށް ރައްކާތެރިކަމާއި، ހަމަހަމަކަމާއި އަދި އިންސާފުވެރިކަމާއިއެކު މަސައްކަތް ކުރެވޭނެ މާހައުލެއްގެ ގޮތުގައި ގާއިމުކޮށް ދެމެހެއްޓުން.

19- ސީދާ ޒިންމާދާރު ވެރިޔާގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ސިވިލް ސަރވިސްގެ ގަވާއިދާއި އެއްގޮތަށް ސުޕަވައިޒްކޮށް ފެންވެރު ބެލުމުގެ މަސައްކަތް ކުރުން.

20- ބަޔާންކުރެވިފައިވާ ކަންކަމުގެ އިތުރުންވެސް، އިޖްތިމާޢީ ރައްކާތެރިކަމުގެ ދާއިރާއާއި ގުޅޭގޮތުން އެޖެންސީއާއި ހަވާލުކުރެވޭ މަސައްކަތްތައް ރާވައި ހިންގުމާއި ޒިންމާދާރުވެރިޔާގެ ހައިސިއްޔަތުން އަދާ ކުރަންޖެހޭ އެންމެހާ މަސްއޫލިއްޔަތުތައް އަދާކުރުން.

މަޤާމުގެ ޝަރުޠުތައް:

 މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް  7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 8 އަހަރު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

 މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް

ޑިވެލޮޕްމަންޓް ސްޓަޑީޒް

ހިއުމަން ރިސޯސް މެނޭޖްމަންޓް

ޕަބްލިކް އެޑްމިނިސްޓްރޭޝަން

ސޯޝިއަލް ޕޮލިސީ

ސޯޝަލް ސައިންސް

 

ޕްރިފަރޑް ޑިސިޕްލިން ތައް

ނެތް

ކޯ ޑިސިޕްލިން ތައް

ޑިވެލޮޕްމަންޓް ސްޓަޑީޒް

ސޯޝިއަލް ޕޮލިސީ

ސޯޝަލް ސައިންސް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް / ގުޅޭ ވަޒީފާގެ ދާއިރާތައް

ސޯޝަލް ސައިންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

ނޯޓް: މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 60 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 އޮކްޓޫބަރ 16 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މޫކައި ސުއިޓްސް، 4 ވަނަ ފަންގިފިލާ، ހަވީރީހިގުން)، އައި.ޖީ.އެމް ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމުކުރެވިފައިވާ މި އެޖެންސީގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް info@nspa.gov.mv މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން، 2024 އޮކްޓޫބަރު 17 އާއި 2024 ނޮވެންބަރު 19 އާ ދެމެދު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެން.އެސް.ޕީ.އޭކ.މާލެ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1402 އަށެވެ. އީ-މެއިލް ކުރާނީ info@nspa.gov.mv އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

02 އޮކްޓޫބަރު 2024
ހޯދާ